މިދިޔަ އޭޕްރީލް މަހު މުދަލު ޒަކާތުން އެކި ކަންކަމަށް ކޮށްފައިވާ ހޭދަތައް، އޭގެ ކުރީ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް މޯލްޑިވްސް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފާއިތުވި މަހު އެންމެ ފާހަގަކޮށްލެވޭ ކުރިއެރުމެއް އައިސްފައިވަނީ "ފީސަބީލިﷲ" ބައިން ކުރި ހޭދަތަކަށެވެ. މި ބަޔަށް ކުރި ހޭދަ ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު ގާތްގަނޑަކަށް ދެގުނަ އިތުރުވެ، 2.1 މިލިޔަން ރުފިޔާއަށް އަރާފައެވެ.
ޒަކާތުގެ މަސައްކަތްތަކުގައި އުޅޭ މުވައްޒަފުންގެ މުސާރައާއި އިދާރީ ހިންގުމުގެ ހޭދަ ނުވަތަ "ޢާމިލުން"ގެ ބައިން ކުރި ހޭދަ ވަނީ ބޮޑުތަނުން ދަށްވެފައެވެ. މިދިޔަ އަހަރުގެ އޭޕްރީލް މަހު މި ބަޔަށް ހަތަރު ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަކުރި ނަމަވެސް، މިއަހަރު އެ ޢަދަދު ވަނީ 195,003.79 ރުފިޔާއަށް ދަށްވެފައެވެ. މިއީ ގާތްގަނޑަކަށް 60 އިންސައްތަގެ ދަށްވުމެކެވެ.
މިދިޔަ އޭޕްރީލް މަހު މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 5,434,893 ރުފިޔާ ލިބިފައިވެއެވެ. މިއީ އޭގެ ކުރީ މަހާ އަޅާބަލާއިރު ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ އޭޕްރީލް މަހާ އަޅާބަލާއިރު 8.9 އިންސައްތައިގެ ކުރިއެރުމެއް ކަމަށް ޒަކާތު ހައުސްގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.
މުދަލު ޒަކާތުން އެހީގެ ގޮތުގައި 3.8 މިލިޔަނަށްވުރެ ގިނަ ރުފިޔާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ