ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު މާލެއިން ދެ މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު މާލޭގައި ހިންގި އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައި ވަނީ މުހައްމަދު އުމައިރު، ގ. މޫންލައިޓްވިޔު، 58، އާއި މާޝާ އިބްރާހިމް، ލ. ދަނބިދޫ، 38، ކަމަށެވެ.
މަސްތުވާތަކެތި ފެނިފައި ވަނީ އެ ދެމީހުން ހައްޔަރުކޮށް މާލޭގެ އެޕާޓުމެންޓެއް ބަލައިފާސްކުރިއިރު ކަމަށް ފުލުހުން ބުންޏެވެ. މަސްތުވާތަކެތީގެ އިތުރުން އެ އެޕާޓުމެންޓުން ގިނަ އަދަދެއްގެ ފައިސާ ވެސް ހޯދި ކަމަށް ފުލުހުން ބުންޏެވެ.
ނަމަވެސް، އެއީ ކޮން ބާވަތެއްގެ މަސްތުވާތަކެއްޗެއް ކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.
އެ މައްސަލައިގައި އެ ދެމީހުުން ހައްޔަރުކޮށް ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން، ދެމީހުންގެ ބަންދަށް ވެސް 15 ދުވަސް ޖަހާފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ގެންދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހުން ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ