ރައްޔިތުންގެ މާލީ ބުރަ ކުޑަކުރުމަށްޓަކައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނައުމަކީ މީގެ ކުރީގެ އެއްވެސް ސަރުކާރަކުން ގެންގުޅެފައިވާ ވިސްނުމެއް ނޫންކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސެއިން ފަހުމީ ވިދާޅުވެއްޖެ އެވެ.
ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓްތައް، 1 ޖޫން 2025 އިން ފެށިގެން ކުޑަކޮށްދެއްވަން، ކަމާބެހޭ ފަރާތްތަކަށް އަންގައި ރައީސުލްޖުމްހޫރިއްޔާ އެކަން އިއުލާނު ކުރެއްވީ ރޭގެ ވަގުތެއްގަ އެވެ. ރައީސުލްޖުމްހޫރިއްޔާގެ ވަޢުދުފުޅާ އެއްގޮތަށް ކަރަންޓް ބިލުތަކުން ރައްޔިތުންނަށް ލުއި ދެއްވުމަށް ސަރުކާރުން ވަނީ، ރިޔާސީ ދައުރުގައި މި ފާއިތުވި 2 ރަމަޟާން މަހުވެސް، ޑިސްކައުންޓު ދެއްވައި، ވަކި މިންވަރެއް މަޢާފްވެސް ކޮށްދެއްވާފައެވެ. ޢާއްމު ރައްޔިތުންގެ މާލީ ޙާލަތު ރަނގަޅު ކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކުގެ ތެރެއިން، ޑޮމެސްޓިކް ރޭޓުގައި ހުންނަ ގޭބިސީތަކުގެ ކަރަންޓު ބިލާއި ފެން ބިލުތައް ނުދެއްކި ގިނަދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މަޢާފުކޮށް ދެއްވާފައިވާކަންވެސް ފާހަގަކުރެވެ އެވެ.
ރައީސްގެ މި ނިނެވުމަށް އާންމު ރައްޔިތުން ވަނީ، މަރުހަބާ ކިޔާފަ އެވެ.
ކަރަންޓު ހިދުމަތް ދިނުމުގެ ކުންފުނި، ސްޓެލްކޯގެ އެމްޑީ ފަހުމީ ވެސް ރައީސް މުއިއްޒަށް މަރުހަބާ ވިދާޅުވެ ކުރެއްވި ޕޯސްޓެއްގައި ވަނީ ރައްޔިތުންގެ އިހުސާސްތަކާއި އެއްގޮތަށް ހިންގާ ހެޔޮލަފާ ވެރިކަމެއްގެ ހަގީގީ ސިފަ ފެނި އެކަން ދަނީ ކަށަވަރުވަމުން ކަމަށެވެ. އަދި ކަރަންޓުގެ އަގު ހެޔޮކޮށް، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލު ކުރުމަށް މީގެ ކުރީގެ އެއްވެސް ސަރުކާރަކަށް ކުރެވުނުކަމެއް ނެތްކަމުގައި ފަހުމީ ވިދާޅުވި އެވެ.
ފަހުމީ ވިދާޅުވީ ރައްޔިތުންގެ މާލީ ބުރަ ލުއިކުރުމަށްޓަކައި، ދިގު މުއްދަތެއް ވަންދެން ބޭނުންކުރަމުން އައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލުގެނައުމުން އެކަމަށް ރައީސް މުއިއްޒަށް މަރުހަބާ ކިޔާކަމަށެވެ. އަދި އަގު ދަށްކޮށް އިއުލާނު ކުރެއްވިކަމަށްޓަކައި، އެމަނިކުފާނަށް ޝުކުރު އަދާކުރާކަމަށް ވެސް ވިދަޅުވި އެ
މި ނިންމެވުމާއި ގުޅޭގޮތުން ރައީސް މުއިއްޒު ވަނީ މިއަދު ތަފްސީލު ދެއްވާފަ އެވެ. އަދި ރައީސް ވަނީ ޑޮމެސްޓިކް ކެޓެގަރީގެ ކަރަންޓު ޓެރިފް ރޭޓް ކުޑަކޮށްދެއްވީ ވީހާވެސް ލުއިފަސޭހަ ގޮތެއްގައި ރައްޔިތުންނަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެއްވުމަށް ކަމަށާއި، ދެމެހެއްޓެނިވި ގޮތެއްގައި އެކަން ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ ކަމެއް ސަރުކާރުން ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.
ރައްޔިތުންގެ މާލީ ބުރަ ކުޑަކުރުމަށްޓަކައި ކަރަންޓުގެ ޓެރިފްތަކަށް ބަދަލު ގެނައުމަށް ކުރީ ސަރުކާރުތަކުން ވިސްނާފައި ނެތް: ފަހުމީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ