ކްރިމިނަލް ކޯޓުގެ ގާޒީއާއި، އިސް ގާޒީ ކަމަށް ކުރިމަތިލާން ހުޅުވާލައިފި

ކްރިމިނަލް ކޯޓުގެ އިސް ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ކޯޓުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ގާޒީންނަށް ހުޅުވާލައިފި އެވެ.
ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އިއްޔެ ކުރި އިއުލާނުގައި، އެ މަގާމަށް ޝައުގުވެރިވާ ގާޒީން އޭޕްރީލް 3، ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެ ކޮމިޝަންގެ ފަހިރެސް ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
އޭގެ އިތުރުން ކްރިމިނަލް ކޯޓުގެ ގާޒީ ކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތުވެސް އިއްޔެ ޖޭއެސްސީން ވަނީ ހުޅުވާލާފަ އެވެ. އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ ވެސް އަންނަ އޭޕްރީލް މަހުގެ ތިންވަނަ ދުވަހެވެ.
ކްރިމިނަލް ކޯޓުގެ ބެންޗުން މަގާމެއް ހުސްވީ އެ ކޯޓުގެ އިސް ގާޒީ ކަމުގައި ހުންނެވި އަހުމަދު ޝަކީލް، ހައި ކޯޓަށް އައްޔަންކުރެއްވުމާ ގުޅިގެންނެވެ. އެހެންވެ، ކްރިމިނަލް ކޯޓު ހިންގުން ޖޭއެސްސީން ވަގުތުން ހަވާލުކޮށްފައިވަނީ އެ ކޯޓުގެ ގާޒީ އާދަމް މުހައްމަދާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ