ޖަމާލުއްދީން ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓާސް ޕްރޮގްރާމް ނިންމާލައިފި

ޖަމާލުއްދީން ސްކޫލް ދަރިވަރުންނަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނީޓަރސް ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
އެކަމަށްޓަކައި މާރިޗު 6 ވަނަ ދުވަހުގެ ރޭ ޖަމާލުއްދީން ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހުއެވެ. އެ ރަސްމިއްޔާތުގައި އޮޕަރޭޝަނަލް ސަޕޯޓް ކޮމާންޑްގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ހެޑް އޮފް ރޯޑް ޕޮލިސް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާއޫދު، ރޯޑް ސޭފްޓީ އެވެއާނަސް އެންޑް ޕްރިވެންޝަންގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަޙްމަދު ފަޞީހް، އެވެއާނަސް އެންޑް ޕްރިވެންޝަންގެ ހެޑް ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް މުޙައްމަދު ޞަބާޙް، ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލް ޙަސަން މުޙައްމަދު އަދި އެ ސްކޫލުގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި އެމް.ޑަބްލިއު.އެސް.ސީގެ މެނޭޖިންގ ޑިރެކްޓަރ ޙަސަން ޝާހު ދެއްކެވި ވާހަކަފުޅުގައި، މި ޕްރޮގްރާމުން ދަސްވި ކަންކަން އަމަލީ މައިދާނުގައި ހިފުމަށް އެދިލެއްވިއެވެ. އަދި ސްކޫލު ވަށައިގެންވާ ސަރަހައްދުގައި ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުން މަސައްކަތްކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މަގުމަތީ ދަތުރު ކުރަމުން ދާއިރު ސްކޫލުތައް ކައިރީ ދަރިވަރުން ހަރަކާތްތެެރިވާ ތަން ފެނުމުން އުފާވާކަމާއި ޖަމާލުއްދީން ސްކޫލު ކައިރިން ދަރިވަރުންފެނި ކުދިންނަށް ސެލިއުޓް ކޮށްލާފައި ދިޔުމުގެ ފުރުސަތު ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި ދަރިވަރުންގެ މިފަދަ ހުނަރުތައް ކުރިއެރުވުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.
ޓްރެފިކް މޮނީޓާސް  ޕްރޮގްރާމްގައި، އެއްގަމު ދަތުރު ފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ދިނުމާއި ދަރިވަރުންގެ އަމިއްލަ ނަފުސުގެ ސަލާމަތާއި ރައްކާތެރިކަމުގެ މައުލޫމާތު ދީފައިވެއެވެ. އަދި ސްކޫލު ސަރަހައްދާއި މަގުމަތީގައި ހަރަކާތްތެރިވާ ދަރިވަރުން އާންމުންނާއި މުއާމަލާތު ކުރުމުގައި ރީތި އަދަބުތަކަށް އަހުލުވެރިކުރުވުމާއި ދިވެހި ބަހުގެ ހަމަތަކާއި އުސޫލުތައް ހިމެނޭގޮތަށް މުއާމަލާތުކުރުމުގެ ހުނަރުތައް ދަސްކޮށްދީފައިވެއެވެ.
އޭގެ އިތުރުން، ސެލްފް ޑިފެންސް ކްލާސްތަކާއި ޓްރެފިކް ބެލެހެއްޓުމާ ގުޅޭގޮތުން މަގުމަތީގައި ދަރިވަރުންނަށް އަމަލީ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެއެވެ.
ފެބުރުވަރީ 25 އިން މާރިޗު 3 އަށް ކުރިއަށް ގެންދިޔަ އެ ޕްރޮގްރާމް ޖަމާލުއްދީން ސްކޫލްގެ 29 ދަރިވަރުން ފުރިހަމަކޮށްފައިވެއެވެ.
ޓްރެފިކް މޮނީޓާސް ޕްރޮގްރާމަކީ ސްކޫލުތައް ހިމެނޭ ސަރަހައްދުގެ ޓްރެފިކް ބެލެހެއްޓުމުގައި ދަރިވަރުންގެ ބައިވެރިވުން އިތުރުކުރުމާއި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހޭލުންތެރިކުރުވުމާއި ޓްރެފިކް މައްސަލަތައް ހައްލުކުރުމުގެ ރޫހު އަށަގެންފައިވާ ދަރިވަރުންތަކެއް އުފެއްދުމަށް ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.
Your email address will not be published. Required fields are marked *
Comment *
Name
Email
Website
© 2022 Gaafu.mv. All rights reserved.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ