ދައުލަތަށް ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި އާބިދާ އަހުމަދު ނިޔާވެއްޖެ

ރާއްޖޭގެ ހާރިޖީ ވުޒާރާގައި 40 އަހަރަށް ވުރެ ގިނަ ދުވަހު މަސައްކަތް ކުރެއްވި އާބިދާ އަހްމަދު ނިޔާވެއްޖެއެވެ.
އާބިދާ އަޙްމަދުވަނީ 40 އަހަރަށްވުރެ ދިގު މުއްދަތަކަށް ސަރުކާރަށް ޚިދުމަތް ކުރައްވާފައެވެ. 1978 ވަނަ އަހަރު އެންމެ ފުރަތަމަ ވަޒީފައަށް ނުކުންނެވީ މުލީއާގޭގެ މެއިޑެއްގެ ވަޒީފާއިންނެވެ.
އާބިދާ ނިޔާވީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. ނިޔާވިއިރު އުމުރަކީ 66 އަހަރެވެ. އާބިދާގެ ކަށުނަމާދު އޮންނާނީ މިއަދު އަސްރު ނަމާދަށް ފަހު އާސަހަރާ މިސްކިތުގައެވެ.
އާބިދާވަނީ ފޮރިން މިނިސްޓްރީގެ އިދާރީ ހިންގުމާބެހޭ ސެކްޝަނާއި އިތުރު ޑިޕާޓްމަންޓްތަކުގައިވެސް މަސައްކަތްކުރައްވާފައެވެ. އެގޮތުން ރާއްޖެއާއި ޚާރިޖީ ގުޅުން ޤާއިމުކޮށްފައިވާ ޤައުމުތަކުން ދިވެހިރާއްޖެއަށް ޒިޔާރަތް ކުރައްވާ އެޤައުމުތަކުގެ ދައުލަތްތަކުގެ އިސްވެރިންގެ ޕްރޮޓޮކޯލް އަދި މެހްމާންދާރީ އަދާކުރެއްވުމުގައި ޢާބިދާވަނީ މުހިއްމު ދައުރެއް އަދާކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ