މިސްކިތެއްގެ ޙުރުމަތް ކެނޑިކަމަށްބުނެ ދައުރުވަމުންދާ ވީޑިއޯގެ މައްސަލަ ބަލަމުންދާކަމަށް އިިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިކަން ހާމަކުރައްވާފައި މިވަނީ ރާއްޖޭގެ ރަށެއްގެ މިސްކިތެއްގެ ތެރޭގައި މިސްކިތުގެ ޤަދަރާއި އިޙުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ދައުރުވަމުންދާތީއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯއަކުން ފެންނަނީ ތ. ވިލުފުށީގެ މިސްކިތެއްގެ ތެރޭގައި ކުޅިވަރު ކުޅޭ މަންޒަރެވެ. އެ ކަމާ ގުޅިގެން ބައެއް މީހުން އަންނަނީ ނުރުހުން ފާޅުކުރަމުންނެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު “އެކްސް”ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިސްކިތެއް ކަމަށް ބެލެވޭ ތަނެއްގައި މިސްކިތެއްގެ ގަދަރާއި އިހުތިރާމާ ނުގުޅޭ ކަންތައްތަކެއް ކުރާތަން ފެންނަ ވީޑިއޯގެ މައްސަލަ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
” މިއީ ކިހިނެއް ހިނގާފައިވާ ކަމެއްތޯ ބެލުމުގެ ކަންކަން މިނިސްޓްރީ އިން ވަނީ ފަށާފަ. މިސްކިތްތަކުގެ ހުރުމަތް ކަނޑާ ފަރާތްތަކަށް ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނާއި ގަވައިދުގެ ދަށުން ފިޔަވަޅު އަޅާނަން. އިންޝާ ﷲ.” ޝަހީމް ވިދާޅުވިއެވެ.
ރާއްޖޭގައި ޢަމަލުކުރަމުން އަންނަ ދިވެހިރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމުގެ ޤާނޫނުގައިވާގޮތުން ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮންނަ ދީނީ އެއްބައިވަންތަކަން ދެމެހެއްޓުމަކީ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށް، ރާއްޖޭގެ އަމަންއަމާންކަމާއި ޞުލްޙަ މަޞްލަޙަތު ދެމެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންކަމެއް ކަމަށްވާތީ، ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތް ކުރުމަކީ، ދިވެހި ސަރުކާރާއި ރައްޔިތުންގެ މައްޗަށް ލާޒިމު ވެގެންވާ ކަމެކެވެ.
އުރީދޫގެ ލަކީ ޑްރޯއިން ހޮވުނު ނަސީބުވެރިން ދޯހާ މެރެތަންއަށް ފުރައިފި ތިނަދޫ މޭޔަރު ކޮރަޕްޝަން ހިންގި ކަމަށް ތުހުމަތުކޮށް، މައްސަލަ އޭސީސީއަށް ހުށަހަޅައިފި ފެނަކައިން މި ވަގުތު އައްޑޫގެ ރައްޔިތުންނަށް ދޭ ޚިދުމަތް މިވަނީ ޚިދުމަތަކަށް ވުރެ މުސީބާތަކަށް ވެފަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ