ޑރ އަހުމަދު އިމްރާނަށް: ޖާހިލު ވެރިން އިންތިޚާބުވުމަށް އެދި ދުއާކުރާނީ މުނާފިގުން

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހު ދެވަަނަ ދައުރަކަށް ހޮވިވަޑައިގަންނަވާނީ ޙައްޖުވެރިންގެ ދުޢާއާއި އެކުގައި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ދެއްކެވި ވާހަކަތަކަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ އަހުމަދު އަބްދުالله ދީދީ ރައްދުދެއްވައިފި އެވެ.
މި ސަރުކާރުގެ ކޯލިޝަން ޕާޓުނަރު އިމްރާނު ދެއްކެވި އެ ވާހަކަތަކަށް ގިނަ ބަޔެއްގެ ފާޑުކިޔުން އަމާޒުވެފައިވާ ދަނޑިވަޅެއްގައި ޑރ އަހުމަދު އަބްދުالله ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މުއުމިނުން ދުއާކުރަންވާނީ ހެޔޮވެރިކަން ކުރާ ޞާލިހު ވެރިން އެބައި މީހުންގެ ވެރިންގެ ގޮތުގައި އިންތިޚާބުވުމަށްކަން ހޯމް މިނިސްޓަރު އިމްރާނަށް އެނގިލައްވަން ޖެހޭ ކަމަށެވެ.
އޭގެ އިތުރުން ފާސިޤު، ފާސިދު ޖާހިލުވެރިން އިންތިޚާބުވުމަށް ދުއާކުރާނީ ހަމައެކަނި މުނާފިގުންކަން އިމްރާނަށް ވެސް އެނގިވަޑައިގަންނަވަން ޖެހޭކަމަށް ޑރ އަހުމަދު އަބްދުالله ދީދީ ވިދާޅުވި އެވެ.
Advertisement
"المتشيخ عمران އަށް އެނގެންޖެހޭ ޙަޤީޤަތަކީ މުއުމިނުން ދުޢާކުރަންވާނީ ހެޔޮ ވެރިކަންކުރާ “ޞާލިޙު” ވެރިން އެބައިމީހުންގެ ވެރިންގެ ގޮތުގައި އިންތިޚާބުވުމަށް؛ ފާސިޤު ފާސިދު ޖާހިލު ވެރިން އިންތިޚާބު ވުމަށް އެދި ދުޢާކުރާނީ ހަމައެކަނި މުނާފިޤުން"
ޑރ އަހުމަދު އަބްދުالله ދީދީ 
ކުރީގެ އުއްތަމަ ފަނޑިޔާރުންގެ އިތުރުން ވެސް ބައެއް ދީނީ އިލްމުވެރިންނާއި، ވާދަވެރި ސިޔާސީ ޕާޓީތަކުގެ އިސްވެރިންގެ ފާޑުކިޔުންތައް މިނިސްޓަރު އިމްރާނުގެ އެ ވާހަކަތަކަށް ވަނީ އަމާޒުވެފަ އެވެ. 
އެގޮތުން އިދިކޮޅުގެ ބައެއް މެމްބަރުން ވިދާޅުވެފައިވަނީ ޙައްޖު މޫސުމުގެ މަތިވެރި އަޅުކަން ވެސް އިމްރާނު ސިޔާސީ ކުރައްވާފައިވާ ކަމަށެވެ. އަދި އިމްރާނު މިއަދު ހުންނެވީ ރައީސް ޞާލިހަށް ހުޝާމަދުކުރުމުގައި ހައްދުފަހަނަ އަޅާ ގޮސްފައިކަމަށެވެ. 
މީގެ ކުރިންވެސް އިމްރާނު ވަނީ ރައީސް ޞާލިހުގެ ވެރިކަމަށް ތައުރީފުކުރަމުން ވެސް އެމަނިކުފާނުގެ ވެރިކަމާއި ރަސޫލާއާއި އެއްގޮތްކުރައްވާ ވާހަކަދައްކަވާފަ އެވެ. 
އިމްރާނުގެ އެ ވާހަކަތަކަށް ވެސް ދީނީ އިލްމުވެރިންގެ ފާޑުކިޔުންތައް އަމާޒުވެގެން ދިޔައެވެ. އަދި އެ ވާހަކަތައް ގިނަ ދީނީ އިލްމުވެރިން ކުށްވެރިކޮށްފައިވާއިރު، އިމްރާނުގެ އެ ވާހަކަތަކާއި ގުޅިގެން މާފަށް އެދުމަށް ގޮވާލާ އިލްމުވެރިންގެ ފަރާތުން ބަޔާނެއް ވެސް ނެރުނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ