'މަމެން' އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕް 2022 ގެ ނަމުގައި ބޭއްވި ބައިސްކަލް ރޭސް ތިން ވަނަ އެޑިޝަން އިއްޔެ
ނިންމާލައިފި އެވެ.
ވީ ކިހިނެއް؟ - އެ ރޭސް ކުރިއަށް ގެންދިޔައީ މި މަހު 16 އިން 17 އަށް، ހުޅުމާލެ ފޭސް ދޭއްގެ ސައިކްލިން ޓްރެކްގަ އެވެ.
ތަފްސީލް - މިއަހަރުގެ
ޗެމްޕިއަންޝިޕަކީ ރާއްޖޭގައި ބޭއްވި މިފަދަ ފުރަތަމަ %100 ގްރީން އެނާޖީ
އިވެންޓެވެ. އެގޮތުން އެ ހަރަކާތުގައި ބޭނުންކުރި ކަރަންޓް ނަގާފައިވަނީ އިރުގެ އަލިން ހަކަތަ
އުފައްދާ، ޕޯޓަބަލް ޕަވާ ސްޓޭޝަންތަކަކުންނެވެ.
32 ސްކޫލަކުން 1000 އަށްވުރެ ގިނަ ސައިކްލިސްޓުން ބައިވެރިވި
ސައިކްލިސްޓުން ބަހާލީ ވާދަވެރި 4 ކެޓަގަރީއަކަށް (13 އަހަރުން ދަށް، 15 އަހަރުން ދަށް، 17 އަހަރުން ދަށް އަދި 19 އަހަރުން ދަށް)
އޭގެ ތެރެއިން 450 އަށްވުރެ ގިނަ ކުޑަކުދިން ވަނީ އެ އިވެންޓުގެ '1 ކިލޯމީޓަރަު ފަން ރައިޑް'ގައި ބައިވެރިވެފައި
ފަން ރައިޑުގެ ހުރިހާ ބައިވެރިންނަށްވެސް މެޑަލް ދިން
މެޑަލް ހަވާލުކޮށްދެއްވީ ރާއްޖޭގެ ކުޅިވަރު ދާއިރާއަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވި އިބްރާހިމް އިސްމާއިލް އާއި ދިރާގުގެ ބްރޭންޑް އެމްބެސެޑަރު ހަސަން ސާއިދު އަދި އެ ކުންފުންޏާއި ބައިކް މޯލްޑިވްސްގެ އިސް ބޭފުޅުން
މަމެން އިންޓަ ސްކޫލް ސައިކްލިން ޗެމްޕިއަންޝިޕްގެ ތިން ވަނަ އެޑިޝަނަކީ
ދިރާގާއި ބައިކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދިޔަ މުބާރާތެކެވެ. އެ ހަރަކާތުގެ ސަޕޯޓިން ޕާޓްނަރުންގެ ތެރޭގައި ހިމެނެނީ:
އެޗުޑީސީ
މޯލްޑިވްސް ޕޮލިސް ސާވިސް
އެމްޓީސީސީ
އެރޯސޯލްޓްސް
ޗޮޕާޓް މޯލްޑިވްސް
އިލާ މޯލްޑިވްސް
އެ ހަރަކާތުގައި ފަސްޓް އެއިޑްގެ ހިދުމަތް ފޯރުކޮށްދިނީ މޯލްޑިވިއަން
ރެޑް ކްރެސެންޓާއި ހުޅުމާލެ ހޮސްޕިޓަލް އަދި އެމްއެންޔޫ ސްކޫލް އޮފް
ނާސިންގެ ވޮލަންޓިއަރުންނެވެ.
އެ ހަރަކާތުގެ އެވޯޑް ދިނުމުގެ ރަސްމިއްޔާތު އޮންނާނީ މި ހަފުތާގެ ފަހުކޮޅުގަ އެވެ. އެ ރަސްމިއްޔާތުގައި:
ވާދަވެރި ކެޓަގަރީތަކުންނާއި މިކްސްޑް ޓީމް 'ޕާސުއޭސް އޭޖް' ކެޓަގަރީތަކުން ތިން ޗެމްޕިއަން ޓީމު ހޮވާނެ
ކޮންމެ އުމުރުފުރާއަކުން ވެސް ޗެމްޕިއަން ސްކޫލު ހޮވާނެ
ދިރާގުން ބުނި ގޮތުގައި އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ތިމާވެއްޓަށް
އީޖާދީ ގޮތެއްގައި އެހީތެރިވެދޭ މިފަދަ ހަރަކާތްތަކަށް އެއްބާރުލުންދީ، ހަރަކާތްތައް ރާވައި އަދި މުޖުތަމައުގެ ބައިވެރިވުން އިތުރުކޮށް، ސްކޫލް ކުދިންގެ ތަޖުރިބާތައް އިތުރު ކުރުމަށެވެ.
'މަމެން' އިންޓަ ސްކޫލް ބައިސްކަލް ރޭސް ކާމިޔާބުކަމާ އެކު ނިންމާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ