"މުންނާ ބާއި 3" ރިލީޒް ކުރެވޭނީ 2018 ގައި: ސަންޖޭ

ބޮލީވުޑްގެ ކާމިޔާބު ބަތަލު، ސަންޖޭ ދަތުގެ "މުންނާ ބާއި" އަކީ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ސީރީޒް އެކެވެ. ދެހާސް ތިން ވަނަ އަހަރު ރިލީޒް ކުރި "މުންނާ ބާއި އެމްބީބީއެސް" އަށްފަހު 2006 ވަނަ ވަނީ ފިލްމުގެ ދެވަނަ ބައި، "ލަގޭ ރަހޯ މުންނާ ބާއި" ރިލީޒް ކޮށްފަ އެވެ. އޭގެ ފަހުން މިހާރު 10 އަހަރު ވެފައި ވާއިރު، އެ ސީރީޒްގެ އިތުރު ފިލްމެއް ބެލުންތެރިންނާ ހަމައަށް އައިސްފަ އެއް ނުވެ އެވެ. "މުންނާ ބާއި އެމްބީބީއެސް" ގެ ޕޯސްޓަރެއް --- ނަމަވެސް 2018 ވަނަ އަހަރު ރާޖްކުމާރު ހިރާނީ ޑައިރެކްޓު ކުރާ "މުންނާ ބާއި" ގެ ތިން ވަނަ ފިލްމު ރިލީޒްވާނެ ކަމަށް ސަންޖޭ މިވަނީ ބުނެފަ އެވެ. ސަންޖޭގެ 57 ވަނަ އުފަންދުވަސް ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ނޫސްވެރިން ކުރި ސުވާލު ތަކަށް ޖަވާބު ދެމުން ސަންޖޭ ބުނީ، އޭނާގެ ވަރަށް ގިނަ ފިލްމުތަކެއްގެ މަސައްކަތް ކުރިއަށް އެބަހުރި ކަމަށެވެ. "ވިނޯދް ޗޯޕްރާގެ "މާކޯ" އަށް ފަހު މަހޭޝް މަންޖްރޭކަރުގެ "ދޭ ދައްކާ" ގެ މަސައްކަތް ވެސް އެބަ އޮތް. އެއަށްފަހު ވެސް ރަނގަޅު ފިލްމުތަކެއްގެ މަސައްކަތް އެބަ ހުރި،" ސަންޖޭ ބުންޏެވެ. "މުންނާ ބާއި" އާ ގުޅޭގޮތުން ސުވާލު ކުރުމުން ސަންޖޭ ބުނީ، "އެއީ 2018 ގައި ކަމަށެވެ. މުންނާ ބާއީގެ ދެވަނަ ފިލްމް، "ލަގޭ ރަހޯ މުންނާ ބާއި" ގެ ޕޯސްޓަރެއް --- ފިލްމު އެހާ ބޮޑަށް ލަސްވި ސަބަބާ ގުޅޭގޮތުން ސުވާލު ކުރުމުން ސަންޖޭ ބުނީ އެ ސުވާލުގެ ޖަވާބު ދެވޭނީ ފިލްމުގެ ޑައިރެކްޓަރުންނަށް ކަމަށެވެ. "އަހަރެން ވެސް ވަރަށް އިންތިޒާރު ކުރަން އެބަ މުންނާ ބާއީ އަށް،" ސަންޖޭ ބުންޏެވެ. "މުންނާ ބާއީ" ގައި ސަންޖޭގެ އެންމެ ގާތް އެކުވެރިޔާ، ސާކިޓްގެ ރޯލުން ފެނިގެންދާ އަރްޝަދް ވާރްސީ ބުނީ، ފިލްމު ލަސްވަނީ ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމުގެ މަސައްކަތް ލަސްވާތީ ކަމަށެވެ. ސަންޖޭގެ ހަޔާތުގެ މައްޗަށް އުފައްދާ ފިލްމު ވެސް ޑައިރެކްޓު ކުރަނީ ރާޖްކުމާރު ހިރާނީ އެވެ. އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ކުޅަދާނަ އެކްޓަރު ރަންބީރު ކަޕޫރު އެވެ. ޖޫންގައި ފިލްމުގެ މަސައްކަތް ފަށަން ތާވަލު ކުރި ނަމަވެސް، އަދިވެސް ފިލްމުގެ މަސައްކަތް ފެށޭ ގޮތެއް ނުވެ އެވެ. ސަންޖޭ ދަތު: ގިނަ ފިލްމުތަކެއް ކުރިއަށް ހުރި އިރު، ޖަލުން މިނިވަންވީ މިދިޔަ ފެބްރުއަރީ މަހު ސަންޖޭ ގިނަ ފިލްމުތަކަކަށް ތައްޔާރުވަމުން އަންނަ އިރު، 1993 ވަނަ އަހަރު މުމްބާއީގައި ބޮން ގޮއްވި ހާދިސާއާ ގުޅިގެން ކުރި ތަހުގީގެއްގައި ހަތިޔާރު ގެންގުޅުނުކަން ސާބިތުވެ، އޭނާގެ މައްޗަށް ކުރި ފަސް އަހަރު ދުވަހުގެ ޖަލު ހުކުމް ތަންފީޒުކޮށް އޭނާ ޖަލުން މިނިވަންވީ މިދިޔަ ފެބްރުއަރީގަ އެވެ. "މިހާރު ކަސްރަތު ކުރަން ފަށައިފިން. ކޮންމެ ދުވަހަކު ވެސް ޖިމް ގައި ހަތަރު ގަޑި އިރު ހޭދަކުރަން. ރާ ބުއިން އެއްކޮށް ދޫކޮށްލައިފިން. ރާބުއިމަކީ ކުރަން ވާނެ ކަމެއް ނޫން. މިހާރު މި ފޮލޯ ކުރަނީ ވަރަށް ސްޓްރިކްޓް ޑައިޓެއް،" ސަންޖޭ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ