މޭ މަހުގެ 1 އިން ފެށިގެން ސިއްހީ ދާއިރާގެ މުސާރަ ބޮޑުވާނެ: ރައީސް

މިއަހަރުގެ މެއި މަހުގެ 1 ވަނަ ދުވަހުން ފެށިގެން ސިއްހީ ދާއިރާގެ ޚިދުމަތްތެރިންގެ މުސާރަ ބޮޑުވާނެކަން ރައީސް މިއަދު ޢިއުލާން ކުރައްވައިފިއެވެ.
ރައީސް މިއަދު މިކަން ޢިއުލާން ކުރެއްވީ، މި އަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވަން ކުރިއަށްދާ ޖަލްސާގައި ރިޔާސީ ބަޔާން އިއްވަމުންނެވެ.
ސިއްހީ ދާއިރާގެ މީހުންގެ މުސާރަ ބޮޑުވުމުގެ އިތުރުން ސަރުކާރުގައި ޚިދުމަތްކުރާ މީހުން ތެރެއިން 30 އިންސައްތަ އެލަވަންސް ނުލިބޭ ފަރާތްތަކަށް އެ ތާރީޚުން ފެށީގެން 30 ޕަސެންޓް އެލަވަންސް ލިބެންފަށާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން މިއަހަރުގެ މާޗު މަހުން ފެށިގެން ޔުނިވާސިޓީތަކުގެ މުވައްޒަފުންނާއި، ލެކްޗަރާއިންގެ މުސާރަ ބޮޑުވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ރައީސް ވަނީ މުސާރައަށް އަންނަ ހެޔޮބަދަލު ޝަރުޢީ ދާއިރާއާއި، މުދިމުންނާއި އަދި ޖުމްލަގޮތެއްގައި މުޅި ސިވިލްސާވިސް މުވައްޒަފުންގެ އަންނާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ