ޝައިޠޯނާއަށް ތަބަޢަ ނުވާ މީހުންގެ މަރުމަތީގަ ދޭނެ ޙަމަލާ ވަރަށް ވަރުގަދަވާނެ! މަކަރުވެރިކަން އިންތިހާއަށް ބޮޑު އެޙަމަލާއަށް ވަރުގަދައަށް ތައްޔާރުވާންޖެހޭނެ!

ޝައިޠޯނުންތަކުގެ ކިބައިން ސަލާމަތްކަމަށް އެދިގެން ކޮންމެ ދުވަހަކު ޛިކުރުތައް ކިޔަން ޖެހޭ ސަބަބަށް ވިސްނައިލާށެވެ! އެއީ އަބަދުވެސް ފާރަވެރިވެ ފަހަތުގައި ވިއްދައިގެން އޭތި ހުންނާނެތީއެވެ. މިކިޔައިދެނީ ޝައިޠޯނާ ދޭނެ އެންމެ ނުރައްކާތެރި އެންމެ ވަރުގަދަ ޙަމަލާގެ ވާހަކައެވެ. އެހަމަލާދޭނީ މަރުމަތީގައި ލިބޭ އެންމެ ފަހު ފުރުޞަތުގައެވެ. ހެއްލެވިއްޖެނަމަ ތައުބާވުމުގެ ފުރުޞަތުވެސް ނުލިބޭނެއެވެ.  
ދުނިޔޭގައި އެމީހަކު އުޅުނުއިރު ޝައިޠޯނާއަށް ހައްލުވައި ނުލެވޭ މީހުން ހައްލުވައިލެވެންދެން އިބިލީސް އެތީގެ މަގަށް ހައްލުވައިލަން ކުރާ މަސައްކަތް ހުއްޓައެއް ނުލާނެއެވެ! މަރުވުމުގެ ވަގުތުގައިވެސް އައިސް ޝަރީކުކުރާ މީހެއްގެ ގޮތުގައިވުމަށް ބާރުއަޅާނެއެވެ.  
ނިކަން ވިސްނައިލަބަލާށެވެ! އެވަގުތު އިބިލީސް ތިބާގެކުރިމަތން ފެންނާނީ މަންމަ، ބައްޕަ، ނުވަތަ އެނޫންވެސް ތިބާ އެންމެ ލޯބިވާ (މަރުވެފައިވާ) މީހާގެ ސޫރައިގައެވެ. އެންމެ އިތުބާރުކުރާ ޤުރްއާން މުދައްރިސްގެ ސޫރައިގައިވެސް ފެނިދާނެއެވެ.  
ބުނާނެއެވެ! "މުސްލިމެއްގެ ގޮތުގައި މަރުނުވާށެވެ! އެއީ ނުބައި ދީނެކެވެ. އެދީނުގައި މަރުވެވުނީތީ މިތިބީ ހިތާމަކުރަންޖެހިފައެވެ." މިފަދަ ދޮގު ވަސްވާސްތައް ދީގެންވެސް ތިބާ ލައްވައި ޝަރީކުކުރުވަން ކުރެވުނުހައި މަސައްކަތްތަކެއް ކުރާނެއެވެ!  
މީސްތަކުންނޭވެ! ތިބާގެ ކިބައިގައި އީމާންކަން ފުރިހަމަނުވާނަމަ ތިބާގެ ޙާލަކީ ކޮބައިހެއްޔެވެ؟ އިބިލީސް އެދޭ ވަސްވާސްތައް ޤަބޫލުކުރެވިއްޖެ ނަމަ ތިބާގެ އާޚިރަތަށްވާނީ ކިހިނަކުން ހެއްޔެވެ؟ ވީމާ ހޭލުންތެރިވާށެވެ! ދީނުގައި ޘާބިތުވާން ގަދައަޅައި މަސައްކަތްކުރާށެވެ! ދީނުގައި ޘާބިތުވެ ހުރުމުގެ ކުޅަދާނަކަން ދެއްވެވުން އެދިގެންނާއި އީމާންތެރިއެއްގެ ގޮތުގައި މަރުގެންދެވުން އެދި ދުޢާކުރުން ގިނަކުރާށެވެ!  
”‏ يَا مُقَلِّبَ الْقُلُوبِ ثَبِّتْ قَلْبِي عَلَى دِينِكَ ‏”‏ 
އަހުރެންގެ މިނަޞޭޙަތް އަޑުއަހާފައި އެކަނި ނުންމައިނުލާށެވެ.  ޢަމަލުކުރާށެވެ. އަދި ގާތް އެންމެންނަށާއި ހުރިހާ އެކުވެރިންނަށް އަހުރެންގެ މި ނަޞޭޙަތް ފޯރުވައިދޭށެވެ. މިހާރުގެ ބަހުރުވައިންނަމަ ޝެއާކޮށްލައިދޭށެވެ. އެކަމުން ތިބާއަށް ހެޔޮ ދަރުމަ މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ  
- ޝައިޚް ޢަލީ އަލްސުލައިމާންގެ ދަރުސަކުން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ