ބައިނަލްއަގުވާމީ ރީތީގެ މުބާރާތުގެ ނަން ނުގެނެސް އަދި ދިވެއްސަކު ރީތީގެ މުބާރާތުގައި ބައިވެރިވުން ކުށްވެރި ކުރުމަށް ކެރިވަޑައި ނުގެން, ރައްޔިތުން ގުބޯ ހެއްދުމަށް މުއިއްޒު އެކްސް މިރޭ އެކްސްގައި ޕޯސްޓު ކޮށްފިއެވެ.
މުއިއްޒު މިރޭ ކުރެއްވި އެކްސް ޕޯސްޓުގައި ވިދާޅުވެފައިވަނީ މާތްﷲ ރުހިވޮޑިނުގަންނަވާ ގޮތަށް ހަށިގަނޑު ހާމަކޮށްގެން ކުރާ އެއްވެސް މަސައްކަތަކުން ނުވަތަ ކުޅިވަރަކުން، އެއީ ފިރިހެނަކު ނުވަތަ އަންހެނަކު ކަމުގައި ވިޔަސް، އެމީހަކަށް ނުވަތަ އެމީހެއްގެ ދީނާއި ޤައުމަށް ހަޤީޤީ ރީތި ނަމެއް، އުފަލެއް އަދި ކާމިޔާބީއެއް ވެސް ނުލިބޭނެ ކަމަށެވެ.
އަދި މިކަމާއި ގުޅޭގޮތުން ރައީސް މުއިއްޒު ވަނީ ކީރި ގުރުއާންގެ އާޔަތެއްވެސް އެމަނިކުފާނުގެ އެކްސް ޕޯޓުގައި ގެންނަވާފައެވެ.
އެހެންނަމަވެސް ފާހަގަ ކޮށްލާންޖެހޭ ކަމަކީ މުއިއްޒުގެ އެކްސް ޕޯސްޓުގައި ދިވެއްސަކު ރީތީގެ މުބާރާތުގައި ބައިވެރިވުން ކުށްވެރި ކޮށްފައި ނުވާކަމުގައެވެ. އަދި “ރީތީގެ މުބާރާތު”ގެ ނަންވެސް ނުގެނެސް ނުސީދާ ގޮތެއްގައި މުއިއްޒު ވިދާޅުވެފައިވަނީ, އަންހެނުންގެ ހަށިގަޑު ހާމަކޮށްގެން ކުރާ އެއްވެސް ކަމަކުން އަދި މުބާާރާތަކުންވެސް ފައިދާއެއް ނުކުރާނެ ކަމުގައެވެ.
ގިނަ ބަޔަކު ފާހަގަ ކުރާ ގޮތުގައި, “ރީތީގެ މުބާރާތު”ގެ ނަން އެކްސް ޕޯސްޓުގައި މުއިއްޒު ގެނެސްފައި ނުވަނީ, ހުޅަނގުގެ ގައުމުތަކުގެ ހިންހަމަ ނުޖެހުން އަމާޒު ވެދާނެތީ އެކަމާ ޖެހިލުންވެ ހުންނަވައިގެންނެވެ. އޭގެ ބަދަލުގައި, ހުރިހާ އެންމެންނަށްވެސް އިނގޭ ދީނީ މައުލޫމާތެއް މުއިއްޒު ހިއްސާ ކޮށްފައިވަނީ ރައްޔިތުން ގޮބޯ ހައްދާ, ރައްޔިތުންގެ ރުހުން ހޯދުމުގެ ބޭނުމުގައެވެ.
މުއިއްޒު ފާހަގަ ކުރެއްވިފައިވަނީ, ދީނާއި ގުޅުންހުރި ކަންކަމުގައި އޭގެ ނާޖާއިޒު ފައިދާ ނަގާ, އަދި އެފަދަ ކަންކަމުގައި ދެފުށްދެގޮތް ކަމާއި މުނާފިގުކަން ދައްކަވާ ވެރިއެއްގެ ގޮތުގައެވެ.
މުއިއްޒުގެ އެކްސް ޕޯސްޓުގައި “ރީތީގެ މުބާރާތު”ގެ ނަން ނުގެނައީ ހުޅަނގުގެ ގައުމުތައް ދެކެ ބިރުން, ދީނީ ވާހަކަ ދެއްކީ ރައްޔިތުން ގުބޯ ހައްދަން, ހުރިހާ ކަމެއްގައިވެސް ދައްކަމުން ދަނީ ދެފުށް ދެގޮތް ކަމާއި މުނާފިގު ކަމުގެ ސިފަ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ