ސައުދީން ރާއްޖެއަށް 50 ޓަނުގެ ކަދުރު ހަދިޔާކޮށްފި އިސްލާމިކް މިނިސްޓްރީގެ ހުރިހާ ދަރަންޏެއް ދައްކާ ޚަލާސްކޮށްފިން: ޑރ.ޝަޙީމް ފުވައްމުލައް ސިޓީގައި އުމަރު ޒާހިރު އަޅުއްވައިދެއްވި މިސްކިތް ހުޅުވައިފި ކުރީގެ އިސްލާމިކް މިނިސްޓަރ ޒިޔާދަށް ކުރި ދަޢުވާ ސާބިތެއް

ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝަހީމް ވިދާޅުވީ، ރާއްޖޭގެ ހުރިހާ އިމާމުންނަކީ އަމިއްލައަށް ހުތުބާ ތައްޔާރުކޮށްގެން ކިޔުމުގެ އިލްމީ ގާބިލުކަން ލިބިފައިވާ ބައެއް ނޫން ކަމަށެވެ. އަދި ނުބަލާ ހުތުބާ ކިޔުމުގެ ހުއްދަ މިހާރުވެސް ބައެއް އިލްމުވެރިންނަށް އޮތް ނަމަވެސް، އޭގެ ތެރެއިން ބައެއް ބޭފުޅުން ހުތުބާ ދިގުކުރެއްވުމުގެ ސަބަބުން އާންމުންގެ މަސްލަހަތަށް ބުރޫއަރާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެހެންކަމުން ހައްދެއް ނެތި އެންމެންނަށް އެ ފުރުސަތު ހުޅުވާލައިފި ނަމަ ނުކުންނަ ނަތީޖާ ރަނގަޅު ނުވާނެ ކަމަށް ޝަހީމް ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ އެކި މިސްކިތްތަކުގައި ތަފާތު ފިކުރުތަކަށް ހުތުބާ ދޭ ގައުމުތަކުގައި މަޒުހަބީ އަރާރުންތައް އުފެދި، ބޮޑެތި ހަމަނުޖެހުންތައް ހިނގަމުންދާ ކަމަށެވެ. ރާއްޖޭގައި މިހާރު އަމަލުކުރަމުންދާ އުސޫލަކީ ދީނީ އެއްބައިވަންތަކަން ހިފެހެއްޓުމަށް ކުރީގެ ވެރިން ގާއިމުކޮށްދެއްވާފައިވާ ހަރުދަނާ ނިޒާމެއް ކަމަށާއި، މި ނިޒާމު ދޫކޮށްލައި، ގައުމު ނުތަނަވަސްކަމެއްގެ ތެރެއަށް ވައްޓާލަން ސަރުކާރުން ފުރުސަތު ނުދެއްވާނެ ކަމަށްވެސް ޝަހީމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ