މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ބައިނަލްއަގުވާމީ ބޮޑެތި އެއާލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް މެދުކަނޑާލުމާ ގުޅިގެން ރާއްޖެއަށް ޓޫރިސްޓުން އަންނަ މިންވަރު ދެބައިކުޅަ އެއްބަޔަށް މަދުވެއްޖެއެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހުން ފެށިގެން ދަތުރުތަކަށް ބުރޫއަރަން ފެށުމާއެކު، ކުރިން އޮތް ފޯރި ވަނީ ވަރަށް ބޮޑަށް މަޑުޖެހިފައެވެ. މިއީ ސަރަހައްދީ ހަމަނުޖެހުންތަކުގެ ސަބަބުން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވި ވަރަށް ބޮޑު ގޮންޖެހުމެކެވެ.
މި މަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މާޗް މަހުގެ ފުރަތަމަ 13 ދުވަހު ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 58،906 ޓޫރިސްޓުންނެވެ. ނަމަވެސް މިދިޔަ އަހަރުގެ މި މުއްދަތުގައި 77،100 އަށްވުރެ ގިނަ ޓޫރިސްޓުން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މި އަދަދުތަކަށް ބަލާއިރު، މިދިޔަ އަހަރާ އަޅާބަލާއިރު މިއަހަރުގެ މި މުއްދަތުގައި ޓޫރިސްޓުން އައި މިންވަރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.
އަހަރުގެ ކުރީކޮޅު ރާއްޖޭގެ ޓޫރިޒަމް ވަރަށް ބާރަށް ކުރިއަށް ގޮސްފައިވާތީ، މުޅި އަހަރުގެ ޖުމްލަ އަދަދު އަދިވެސް އުޅެނީ މިދިޔަ އަހަރަށްވުރެ މަތީގައެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް ޖުމްލަ 540،674 ޓޫރިސްޓުން ޒިޔާރަތްކޮށްފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގައި ޒިޔާރަތްކުރީ 509،953 ޓޫރިސްޓުންނެވެ. ރާއްޖޭގެ ޓޫރިޒަމް މާކެޓުގެ ކުރީގައި މިވަގުތު އުޅެނީ ޗައިނާ، ރަޝިއާ، އިޓަލީ އަދި އިނގިރޭސިވިލާތެވެ.
އެސްޓީއޯގެ ފައިދާއިން ތެލުގެ އަގު ސަބްސިޑައިޒް ކުރަނީ: ހަނގުރާމައިގެ އަސަރު ކުޑަކުރަން ސަރުކާރުގެ ޕްލޭނެއް މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ރާއްޖެ އަންނަން އޮތް 14 ފްލައިޓެއް ކެންސަލްވެއްޖެ ފެބްރުއަރީ މަހު ޓޫރިޒަމްގެ ރެކޯޑްތައް މުގުރާލައިފި: އިއްޔެ އެކ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ