ޖަޕާނުން ރާއްޖޭގެ ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އަށް 4.3 މިލިއަން އެމެރިކާ ޑޮލަރުގެ އަގުހުރި ތަކެތި ހަދިޔާކޮށްފިއެވެ.
މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ޖަޕާނުގެ ފަރާތުން އެ ތަކެތި ހަވާލުކޮށްދެއްވީ އެ ގައުމުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމީކޯއެވެ. އަދި، އެންޑީއެމްއޭގެ ފަރާތުން އެ ތަކެއްޗާ ހަވާލުވެލެއްވީ އެ އޮތޯރިޓީގެ ސީއީއޯ ހިސާން ހަސަނެވެ.
The National Disaster Management Authority acknowledges, with sincere appreciation, the generous contribution of disaster response equipment valued at approximately USD 4.3 million from the Government of Japan under the Economic and Social Development Programme .The equipment… pic.twitter.com/FnTbqYa8Cq— NDMA Maldives (@NDMAmv) April 26, 2026
އެއީ، ޖަޕާންގެ އިގުތިސާދީ އަދި އިޖުތިމާއީ ކުރިއެރުމުގެ ޕްރޮގްރާމްގެ ދަށުން ހަދިޔާކުރި ތަކެތި ކަމަށް އެންޑީއެމްއޭއިން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ، މި އެހީތެރިކަމުގެ ސަބަބުން ރާއްޖޭގެ ފަޔާ ފައިޓިންއާއި ފެންހިންދުމުގެ އިތުރުން ރަށްރަށުގެ މި ފަދަ ޚިދުމަތްތައް ވަރުގަދަކުރަން ވަރަށް ބޮޑަށް އެހީއަކަށްވާނެ ކަމަށެވެ.
ޖަޕާނުން ރާއްޖެއަށް ހަދިޔާކުރި ތަކެތީގެ ތެރޭގައި އަލިފާން ނިއްވާ ޕަންޕާއި، ފެން ހިންދާ ޕަންޕުގެ އިތުރުން އެ ފަދަ ކާރިސާތަކުން ސަލާމަތްވާން ބޭނުންކުރާ އިތުރު ސާމާނު ހިމެނެއެވެ. އެ ތަކެތީގެ ޖުމުލަ އަގު 4.3 މިލިއަން ޑޮލަރަށް އަރާއިރު އެއީ ގާތްގަނޑަކަށް 66 މިލިއަނެއްހާ ރުފިޔާއެވެ.
ޖަޕާނުން އެންޑީއެމްއޭއަށް 4 މިލިއަން ޑޮލަރުގެ ތަކެތި ހަދިޔާކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ