ޓިކްޓޮކްގައި މަޝްހޫރުވި އަމްޖަދު ކުއްލި ގޮތަކަށް މަރުވެއްޖެ

ޓިކްޓޮކްގައި މަޝްހޫރުވި އަލީ އަމްޖަދު (އަމްޖޭ) ކުއްލި ގޮތަކަށް މިއަދު މަރުވެއްޖެއެވެ. އޭނާއަކީ ޓިކްޓޮކްގައި މަޝްހޫރު މީހެކެވެ. ވަރަށް ގިނަ ލައިވްތަކުގައި އޭނާ ދައްކާ ވާހަކަތައް ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ހިއްސާކުރެއެވެ. އޭނާގެ އުފަން ރަށް ށ. ފޯކައިދޫން ވާހަކަދެއްކި މީހަކު ވަނީ އަމްޖަދު މަރުވިކަން 'ސަން'އަށް ކަށަވަރުކޮށްދީފައެވެ. އެކަމަކު، އޭނާ މަރުވީ ސީދާ ކޮން ސަބަބަކާ ހުރެކަމެއް ސާފެއް ނުވެއެވެ. އޭނާއަކީ ބޯޓެއްގައި މަސައްކަތްކުރާ މީހެކެވެ. މަސައްކަތްކުރަނީ މާލޭގައިކަން ވަނީ އެނގިފައެވެ. ފޯކައިދޫން މައުލޫމާތު ދިން ގޮތުގައި މަރުވިއިރު އަމްޖަދު އުޅުނީ ބަލިވެއެއް ނޫނެވެ. އެހެންވެ، މިއަދު އޭނާ މަރުވީ ކުއްލި ގޮތަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ