އަލިފާން ރޯވެ ހުޅުމާލޭ ކެފޭއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.
އެމްއެންޑީއެފުން މައުލޫމާތުދޭގޮތުން އަލިފާން ރޯވީ ހުޅުމާލެ ފޭސް އެކެއްގައި ހުންނަ "ބްރަންޗް ހައުސް" ކެފޭގައެވެ.
އަދި މި ހާދިސާގެ ރިޕޯޓް ރޭ 00:58 ހާއިރު އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް ލިބުމާ އެކު، ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
މިގޮތުން، ފަޔަރފައިޓަރުން ކުރި މަސައްކަތުން ކެފޭގައި ރޯވެފައި ހުރި އަލިފާން ނިއްވާލެވުނީ ރޭ 01:19 ހާއިރު ކަމަށްވެސް ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނިގޮތުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައެއް ނުވެއެވެ.
ނަމަވެސް އެ ކެފޭގެ ސީލިންގ ވަރަށް ބޮޑަށް ހަލާކުވެ ގިނަ ތަކެއްޗައް ވަނީ ގެއްލުންވެފައެވެ.
ހުޅުމާލޭ ކެފޭއެއްގައި ހިނގި އަލިފާނުގެ ހާދިސާގައި ކެފޭއަށް ބޮޑެތި ގެއްލުންތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ