އެމްއޭސީއެލުން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތުގެ 87 ޕަސަންޓު މިހާރު ވަނީ ނިމިފައެވެ. އެ ސަރަހައްދުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މިހާރު ކުރިއަށްދާ ސްޕީޑަށް ބަލާއިރު ފާއިތުވި ހަ ދުވަހުގެ ތެރޭގައި އެކަނިވެސް ވަނީ ހަ ހެކްޓަރުގެ ބިން ހިއްކާފައެވެ.
މި މަޝްރޫއުގެ މަސައްކަތް މިހާރު ކުރިއަށްދަނީ ވަރަށް ހަލުވިކޮށެވެ. ބިން ހިއްކުން އަވަސްކުރުމަށްޓަކައި އިތުރު ޑްރެޖަރުތައް ގެނެސް އަންނަނީ ބޭނުންކުރަމުންނެވެ. މި މަސައްކަތަށް ބޭނުންވާ އިތުރު ޑްރެޖަރުތައް ރާއްޖެ ގެނެސްފައިވަނީ މިދިޔަ މަހުގެ ކުރީކޮޅުގައެވެ.
ހުޅުމާލެ ފޭސް 3ގެ ބިން ހިއްކުމުގެ އަމަލީ މަސައްކަތް އެންމެ ފުރަތަމަ ފަށާފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ އެއްވަަނަ ދުވަހުއެވެ. ނަމަވެސް ހުޅުމާލޭގެ މާސްޓާ ޕްލޭން ރިވައިޒް ކުރުމުގެ މަސައްކަތްތަކާ ގުޅިގެން މެދުތެރެއިން މި މަޝްރޫއު މެދުކަނޑާލަން ޖެހުނެވެ. އެއަށްފަހު އަލުން ބިން ހިއްކަން ފަށާފައިވަނީ ނޮވެމްބަރު މަހުގެ 10 ވަނަ ދުވަހުއެވެ.
ސަރުކާރުން ބުނެފައިވާ ގޮތުގައި މާލެ ސަރަހައްދަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިތަކަށް ހައްލެއް ހޯދުމަށް ގިނަ މަސައްކަތްތަކެއް އަންނަނީ ކުރަމުންނެވެ. އޭގެ ތެރޭގައި ހުޅުމާލެ ފޭސް 3ގެ އިތުރުން ގިރާވަރުފަޅާއި ގުޅީފަޅު އަދި އުތުރުތިލަފަޅު ހިއްކުމުގެ މަޝްރޫއު ހިމެނެއެވެ. ސަރުކާރުގެ އަމާޒަކީ މި މަސައްކަތްތައް ވީހާވެސް އަވަހަށް ނިންމައި ރައްޔިތުންނަށް ބޯހިޔާވަހިކަމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މުވައްޒަފުންގެ މުސާރައަށް ބަދަލު ގެންނަން ނޫޅޭ، ފަތުރަނީ ދޮގު ވާހަކަތަކެއް: އެމްއޭސީއެލް ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު އެމްއޭސީއެލްގެ 2 މުވައްޒަފަކު ހައްޔަރުކޮށްފި އެމްއޭސީއެލްގެ ޗެއާމަންގެ މަގާމުން މަނިކު އިސްތިއުފާ ދެއްވައިފި އެމްއޭސީއެލ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ