ހެންްވޭރު މަޖީދީމަގުގައި މީގެ ކުރިން ތެލެސީމިއާ ސެންޓަރު ހިންގި އިމާރާތް ތަޅާލާ، އެތަނުގައި ޖީޕީ ކްލިނިކެއް އަޅަން ނިންމައިފި އެވެ.
ވީ ކިހިނެއް؟ - ސަރުކާރުގެ މައި ހޮސްޕިޓަލް، އައިޖީއެމްއެޗުން ވަނީ ކުރީގެ ތެލެސީމިއާ ސެންޓަރު ތަޅާލުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ބުރާސްފަތި ދުވަހު އިއުލާނުކޮށްފަ އެވެ.
ތަފްސީލް - ޖީޕީ ކްލިނިކްތައް ގާއިމް ކުރަނީ ޑޮކްޓަރަށް ދެއްކުމަށް އައިޖީއެމްއެޗުގައި އޮންނަ ކިޔު ކުޑަކުރުމަށެވެ. މާލޭގައި ފުރަތަމަ ޖީޕީ ކްލިނިކް މިދިޔަ ނޮވެމްބަރު މަހު މާފަންނުގައި ވަނީ ހުޅުވައިފަ އެވެ.
ހުޅުމާލޭ ހިޔާ ސަރަހައްދުގައި ވެސް ޖީޕީ ކްލިނިކެއް ހިންގަމުން އަންނައިރު އެފްޑީސީ ފްލެޓު ސަރަހައްދުގައި ވެސް އެފަދަ ކްލިނިކެއް ގާއިމްކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
މި ސެންޓަރުތަކުން ދޭ ހިދުމަތްތަކުގެ ތެރޭގައި:
އާންމު ބަލިޔަކުގެ ޑޮކްޓަރުންނަށް ދެއްކުން
އިތުރު ފަރުވާ ބޭނުންވާ ހާލަތްތަކުގައި ހާއްސަ ޑޮކްޓަރުންގެ ލަފާ ހޯދުން؛ ފަސޭހައިން ދެއްކޭ ހާއްސަ ޑޮކްޓަރުންނަށް ދެއްކުމުގެ އިންތިޒާމު ހަމަޖައްސައިދިނުން
އާންމު ސިއްހަތު ކުރިއެރުވުމަށް ގައުމީ ފެންވަރުގައި ޕްރޮގްރާމުތައް ހިންގުން
އެނގުން މުހިއްމު - ތެލެސީމިއާ ސެންޓަރު ހުޅުމާލޭ އޮރެންޖު ހިޔާ އަށް މިދިޔަ އަހަރު ބަދަލު ކުރުމާ ހަމައަށް އެ ސެންޓަރު ހިންގި އިމާރާތަކީ 1994 ވަނަ އަހަރުން ފެށިގެން ބޭނުންކުރަމުން އައި އިމާރާތެކެވެ.
ތެލެސީމިއާ ސެންޓަރު ހިންގި އިމާރާތް ތަޅާލާ ޖީޕީ ކްލިނިކެއް އަޅަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ