އެޑްވަޓޯރިއަލް: ދަ ބްލެކް ޕާލްގެ ހަމަހިމޭން ދުނިޔޭގައި، ކެއިންބުއިމަށް ހިތްފަސޭހަ ވަގުތުކޮޅެއް
މާލޭގެ މަގުތަކުން އުޅަނދުތަކާއި މީހުންގެ އަޑު ކުޑަ ވަގުތުކޮޅަކަށް ވެސް ނުކެނޑެއެވެ. މި މަގުތަކުން ދާއިރު، ސައިކަލެއް ދުއްވިޔަސް ހިނގައިފައި ދިޔަޔަސް، އުނދަގޫތައް ވަރަށް ގިނައެވެ. ނަމަވެސް، ދަ ބްލެކް ޕާލް ރެސްޓޯރެންޓަށް ވަނުމާއެކު ކުރެވެނީ، ތަފާތު، ހަމަހިމޭން ދުނިޔެއަކަށް ވަނުމުގެ އިހުސާސެވެ. ދަ ބްލެކް ޕާލް ރެސްޓޯރެންޓްއިން ފަންނުވެރިންގެ މަސައްކަތްތައް ފެނިގެންދޭ ---- ސަން ފޮޓޯ/މާނިއު މުޙައްމަދު ދަ ބްލެކް ޕާލް ރެސްޓޯރެންޓުގެ އެތެރެއަށް ބަލައިލުމުން، ފެހި ގަސްތަކާއި ޝައުގުވެރި ފޮޓޯތަކުން ޒިނާތްތެރިކޮށްފައިވާ ފާރުތައް ފެނެއެވެ. އަދި ކޮންމެ ހިސާބެއްގައި ވެސް ހުންނަ، ލޮލަށް ފަސޭހަ އަލިން މުޅި ރެސްޓޯރެންޓަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. މިއީ، އެ މީހަކު އަމިއްލައަށް ނުވަތަ އިތުރު މީހުންނާއެކު ވެސް ގޮސް، ހިތްފަސޭހަ މާހައުލެއްގައި ވާހަކަ ދައްކައި، ރަހަމީރު ކެއުންތައް ތަޖުރިބާ ކުރުމަށް ފަރުމާކޮށްފައިވާ ރީތި ޖާގައެކެވެ. އާއިލާއާއި އެކުވެރިންނާއެކު ގޮސް، އަރާމުކޮށް ތިބެ ވާހަކަދައްކާލެވޭނެ -- ފޮޓޯ/ ދަ ބްލެކް ޕާލް ދަ ބްލެކް ޕާލް ރެސްޓޯރެންޓުން ސުފުރާ މައްޗަށް ގެނެސްދޭ ކޮންމެ ކެއުމަކާއި ބުއިމަކުން ވެސް، އެ ރެސްޓޯރެންޓުން ވަރަށް ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދިނުމަށް އިސްކަންދޭ މިންވަރު ފެނެއެވެ. ކާއެއްޗެހި ގާނިޝްކޮށްފައިވާ ގޮތާއި، ބުއިންތަކުން ފެންނަ ރީތި ކުލަތަކުން، ކެއުމަށް އިތުރަށް ލޯބިޖެެހެއެވެ. ހަމަޖެހިލައިގެން ހިމޭން ތަނެއްގައި ވާހަކަދެއްކުމަށް ދަ ބްލެކް ޕާލް -- ފޮޓޯ/ ދަ ބްލެކް ޕާލް އަދި ކާ އެއްޗެހީގެ ރަހަ ބަލައިލުމުން، އޭގެ ތާޒާކަން ވަގުތުން ދެނެގަނެވެއެވެ. ކޮންމެ ކެއުމެއްގައި ވެސް، ރަނގަޅު ވަރަކަށް ހުރިހާ ބާވަތެއް ހިމަނައިފައިވުމުން، ކައި ނިމޭއިރު މީހާގެ ހިތް ފުރޭވަރުވެއެވެ. ދަ ބްލެކް ޕާލްގެ މީރު މިލްކްޝޭކްތަކާއި ޖޫހުން ވެސް، ހަށިގަނޑަށް ފިނިކަން ގެނެސްދެއެވެ. ތާޒާ ބުއިންތައް، ތާޒާކަންމަތީގައި ސުފުރާއަށް---ފޮޓޯ: ދަ ބްލެކް ޕާލް ދަ ބްލެކް ޕާލް ރެސްޓޯރެންޓުގެ ސިގްނެޗާ ކެއުންތަކުގެ ތެރޭގައި، ޓީބީޕީ ސްޓޭކް ބާގާ، ޓީބީޕީ ޕެޕާ ބީފް، ޓީބީޕީ ބިގް ބްރެކްފަސްޓް، ޓީބީޕީ ސްޓޭކް ސެލެޑް، ޓީބީޕީ މިކްސްޑް ގްރިލްޑް ޕްލެޓާ، ޓީބީޕީ މިކްސް ސީފުޑް މޯނޭ ހިމެނެއެވެ. ބްލެކްޕާލްގެ އަމިއްލަ އައިސްކްރީމުން އުފައްދާ މިލްކްޝޭކް---ފޮޓޯ: ދަ ބްލެކް ޕާލް ދަ ބްލެކް ޕާލްގައި އެކުވެރިންނާއި އާއިލާ އަދި އެހެނިހެން ބޮޑެތި ގުރޫޕުތަކަށް ވެސް އެކުގައި، ޕްރައިވެޓްކޮށް ތިބެން ވެސް ޖާގައެއް ހަދާފައިވެއެވެ. 'ދަ ރޫމް'ގެ ނަން ދީފައިވާ މި ޚާއްސަ ކޮޓަރި އެއް ފަހަރާ ނުވަ މީހުންނަށް ބޭނުންކުރެވޭނެއެވެ. ގްރިލްޑް މިކްސްޑް ޕްލެޓާ(ކަނާތު)، ބީފް ސްޓެކް ބާގާ ---ފޮޓޯ: ދަ ބްލެކް ޕާލް ގ. ވާލް، އަލިކިލެގެފާނު މަގުގައި ހުންނަ ދަ ބްލެކް ޕާލް ރެސްޓޯރެންޓުގެ ތަޖުރިބާ ފެށުމަށް، އޮންލައިންކޮށް މެނޫ ބަލައިލެވޭނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ