ރާއްޖެ އައި މެލޭޝިއާގެ ބަޓިކް އެއާގެ ފްލައިޓެއްގައި ހަމަނުޖެހުން ހިންގި މައްސަލައެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދިވެހި މީހާ އިއްޔެ ދޫކޮށްލައިފި އެވެ.
ވީ ކިހިނެއް؟ - މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ބަޓިކް އެއާ ފްލައިޓެއް ތެރޭ ހަމަނުޖެހުން ހިންގި މައްސަލައެއްގައި އެ ދިވެހި ފިރިހެން މީހާ "ފުލުހުންގެ ބެލުމުގެ ދަށަށް" ގެންގޮސްފައިވާކަން މީގެ ކުރިން ފުލުހުން ހާމަކޮށްފައިވެ އެވެ. ނަމަވެސް، އޭނާ ބަންދުގެ މަޖިލީހަކަށް ނުގެންގޮސް، މިހާރު ވަނީ ދޫކޮށްލާފަ އެވެ.
ފުލުހުންގެ ބަސް - މިކަމާ ގުޅޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލާ 'ދައުރު'ން މިއަދު ސުވާލު ކުރުމުން އޭނާ ވިދާޅުވީ:
އޭނާ ފުލުހުންގެ ބެލުމުގެ ދަށުން ދޫކޮށްލީ އިއްޔެގެ ވަގުތެއްގައި
އޭނާ ދޫކޮށްލީ އޭނާގެ "ސިއްހީ ހާލަތަށް ރިއާޔަތްކުރުމަށް ފަހު"
މައްސަލަ އަދިވެސް ދަނީ ތަހުގީގު ކުރަމުން
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން ނުދެ އެވެ.
ނަމަވެސް، ސޯޝަލް މީޑީއާގައި ބައެއް މީހުން ވަނީ، އޭނާއަކީ ޑިޕްލޮމެޓެއް ކަމަށް ބުނެފަ އެވެ. ނަމަވެސް ފުލުހުން އޭނާގެ ވަނަވަރު ހާމަނުކުރާތީ އެކަން ކަށަވަރެއް ނޫނެވެ.
އެއީ ޑިޕްލޮމެޓެއްތޯ ސުވާލު ކުރުމުން ފުލުހުން ޖަވާބެއް ނުދެ އެވެ. އަދި މިކަމާ ގުޅިގެން ފޮރިން މިނިސްޓްރީގެ ބަހެއް ވެސް ނުލިބެ އެވެ.
ފްލައިޓެއްގައި ހަމަނުޖެހުން ހިންގި ދިވެހި މީހާ ދޫކޮށްލީ ސިއްހީ ހާލަތަށް ބަލާފައި: ޕޮލިސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ