ކުރިއަށް އޮތް 17 ދުވަހަށް ބޭނުންކުރެވޭ ވަރަށް އެސްޓީއޯއިން އޯޑަރުކުރި ތެލުގެ އާ ޝިޕްމަންޓެއް ރާއްޖެ އަތުވެއްޖެ އެވެ.
ތަފްސީލް - މި ޝިޕްމަންޓް މީގެ ދެ ދުވަހެއް ވަރު ކުރިން އައިސްފައިވާ ކަމަށްވެ އެވެ.
އެސްޓީއޯގެ އޮފިޝަލަކު 'ދައުރު'އަށް ވިދާޅުވީ 17 ދުވަހަށް ބޭނުންކުރެވޭ ވަރަށް ޑީސަލާއި 17 ދުވަހަށް ބޭނުންކުރެވޭ ވަރަށް ޕެޓްރޯލް އޭގައި ހިމެނޭ ކަމަށެވެ.
އޭގެ އިތުރަށް ގޭހުގެ ޝިޕްމަންޓެއް ވެސް މިއަދު ވަނީ ރާއްޖެ ގެނެސްފަ އެވެ. އެ ޝިޕްމަންޓް ހުސްކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯ އިން މިއަދު ބުންޏެވެ.
ޝެޑިއުލާ އެއް ގޮތަށް އިތުރު ޝިޕްމަންޓްތައް ވެސް އަންނާނެ ކަމަށް އެސްޓީއޯއިން ބުންޏެވެ.
އެނގުން މުހިންމު - މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ 100 ޑޮލަރުން މައްޗަށް ގޮސްފަ އެވެ.
އަދި އެ ހަނގުރާމައިގެ ސަބަބުން މެދުއިރުމަތީގެ ދަތުރުތަކާއި މުދަލުގެ ޝިޕްމަންޓްތަކަށް ކޮންމެ ވެސް ވަރަކަށް ވަނީ ބުރޫއު އަރައިފަ އެވެ.
17 ދުވަހު ބޭނުންކުރެވޭ ވަރަށް ތެލުގެ އާ ޝިޕްމަންޓެއް ރާއްޖެ ގެނެސްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ