އައްޑު އަތޮޅު ހިތަދޫގެ ހިއްކި ބިމުގެ ސަރަހައްދުގައި ބާރު ސްޕީޑެއްގައި ދުއްވާފައި ދިޔަ ކާރެއް ފުރޮޅާލައި ހަތަރު މީހަކަށް މިއަދު އަނިޔާވެއްޖެ އެވެ.
ވީކިިހިނެއް؟ - މި އެކްސިޑެންޓް ހިނގީ މިއަދު ހަވީރެވެ. ފުލުހުން ބުނި ގޮތުގައި އެކްސިޑެންޓް ރިޕޯޓް ފުލުހުންނަށް ލިބުނީ ހަވީރު 4:50 ހާއިރެވެ.
ތަފްސީލް - ފުލުހުން ބުނި ގޮތުގައި ކާރުގައި ތިބީ ވެސް ހަތަރު މީހުންނެވެ. އެ ހަތަރު މީހުންނަށް ވެސް އެކިވަރުގެ އަނިޔާތަކެއް ވަނީ ލިބިފަ އެވެ.
ކާރު ދުއްވި ޑްރައިވަރަށް ސީރިއަސް އަނިޔާތަކެއް ލިބުނު ކަމަށް ފުލުހުންނެވެ.
އަނިޔާ ލިބުނު ހަތަރު މީހުންނަށް ވެސް ހިތަދޫގައި ހުންނަ އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ސޯޝަލް މީޑިއާގައި މި ކާރުގެ ފޮޓޯއެއް ދައުރުވަމުންދާއިރު އެ ފޮޓޯއިން ފެންނަ ގޮތުގައި ކާރަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ބަލަމުންނެވެ.
އައްޑޫ ހިތަދޫ ހިއްކި ބިމެއްގައި ދުއްވި ކާރެއް ފުރޮޅާލައި 4 މީހަކަށް އަނިޔާވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ