މާލެއަށް އާދަމް އާޒިމަށްވުރެ ރަގަޅު ޗޮއިސްއެއް ނެތް

އާދަމް އާޒިމް އަލުން އިންތިހާބުކުރުމަކީ ތަޖުރިބާއާއި، މެދުނުކެނޑި މަސައްކަތް ކުރިއަށް ގެންދިއުމުގެ އިތުރުން ސާބިތުވެފައިވާ ހިންގުންތެރިކަމަށް ދެވޭ ވޯޓެކެވެ.
މާލެއަށް ދިމާވެފައިވާ ފެންބޮޑުވުމާއި، ތޮއްޖެހުމާއި، އުމްރާނީ ވަސީލަތްތަކަށް އޮތް ބާރުބޮޑުވުން ފަދަ ގޮންޖެހުންތަކާއި އެ ކަންކަމުގެ ހައްލު އާޒިމަށް ރަނގަޅަށް އެނގިވަޑައިގަންނަވައެވެ. އަދި އެކަންކަމަށް ހަލުވި ހައްލުތަކެއް ހޯއްދަވައިދެއްވުމަށް ބޭނުންވާ ޢިލްމާއި ޙިލްމު ވެސް އޭނާގެ ކިބައިގައި އެބަހުއްޓެވެ.
އާޒިމް މޭޔަރުކަމާއި ހަވާލުވިއިރު މާލެ ސިޓީ ކައުންގެ ހިދުމަތްދެނީ އެތަން މިތަނުގައި ތަންތަން ކުއްޔަށް ހިފައިގެންނެވެ. އެކި ތަންތަން ކުއްޔައް ހިފައިގެން ދެމުން ދިޔަ ހިދުމަތް ވަނީ އެއް ފުރާޅެއްގެ ދަށައް ގެނެވިފައެވެ. ނަތީޖާއެއްގެ ގޮތުން ކޮންމެ މަހަކު ކުލީގެ ގޮތުގައި ހަރަދުކުރި 350،000ރ. މިހާރުވަނީ ސަލާމަތްކުރެވިފައެވެ.
ހުޅުމާލޭގައި އެންމެ ފުރަތަމަ ބިނާކުރެވުނު މިސްކިތް މަސްޖިދުލް އަމާނީ މަރާތުނުކޮށް ގިނަ ދުވަސްތަކެއްވެ ވަރަށް ބޮޑަށް ވީރާނާވެފައި ވަނިކޮށް އެ މިސްކިތް މަރާމާތުކޮށް ނިންމައިފިއެވެ. 
10 އަހަރު ވަންދެން ވަށައިގެން ޓިނު ޖަހައި ބަންދުކޮށްފައި އޮތް ގަލޮޅު ސިޓީ ޕާކް ތަރައްގީކޮށް ހުޅުވައިފިއެވެ. 
މާލެ ސިޓީއިން ކުއްޔައް ދޫކޮއްފައިހުރި މަސް މާރުކޭޓު ކުރިން ކުލީގެ ގޮތުގައި މަހަކު ލިބެނީ އެންމެ 76،000 ރުފިޔާއެވެ. އާދަމް ޢާޒިމްގެ ހިކުމަތްތެރިކަމުން މަސްމާރުކޭޓުން ކުލީގެ ގޮތުގައި މަހަކު 400،000 ރުފަިޔާ ލިބޭނެ ގޮތްވަނީ ހަދާފައެވެ.
ވިލިމާލޭގައި ކުޑަކުދިންނާއި ބޮޑެތި މީހުންނަށް ގުރުއާން ކިޔަވައިދޭ ކްލާހެއް ތަރައްގީކޮށް ވަނީ ހުޅުވާފައެވެ.
ފެން ބޮޑުވުން ހައްލުކޮށް މަގުތަކުގެ ސާފުތާހިރުކަން ހިފެހެއްޓުމަށް ކާނު ސާފުކުރުމާއި މަގުތައް މަރާމާތުކުރުމަކީ ދުވަހީ ހަރަކާތްތަކަކަށް ވަނީ ބަދަލުކޮށްފައެވެ.
ކުރުމުއްދަތެއްގައި އާދަމް އާޒިމް ބޮޑު ހެޔޮ ބަދަލެއް އާޒިމް ވަނީ ގެނެސްދެއްވާފައެވެ. ހަމަޖެހޭ ތަރައްގިވެފައިވާ ރައްކާތެރި މާލެ ސިޓިއަކަށް އާދަމް އާޒިމަށްވުރެ ވަކީން ރަގަޅު ޗޮއިސްއެއް ނެތެވެ. 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ