ގިރާވަރުފަޅު ހިއްކުން އޭޕްރިލްގައި ނިންމައި ޖޫންގައި ގޯތިތައް ހަވާލުކުރަން ފެށޭނެ: ރައީސް

ގިރާވަރުފަޅު ބިން ހިއްކުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރިޔަށްދާ ކަމަށާއި އެ މަސައްކަތް އޭޕްރިލް މަހު ނިންމާ، ސާވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. އެ މަނިކުފާނު މިހެން ވިދާޅުވީ އެކްސްގައި މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ގިރާވަރުފަޅު ބިން ހިއްކުން މިހާރު ގޮަސްފައިވާ ހިސާބު. ކޮންމެ ދުވަހަކުވެސް ބިން ހިއްކުމުގެ މަސައްކަތް ދަނީ ކުރިޔަށް. އިރާދަކުރެއްވިއްޔާ އޭޕްރިލް މަހު އެއްކޮށް ނިމި، ސަރވޭ ކޮށް ނިންމާ ޖޫން މަހު ގޯތިތައް ހަވާލުކުރުމުގެ މަސައްކަތް ފެށޭނެ. pic.twitter.com/udwfTQN9H5— Dr Mohamed Muizzu (@MMuizzu) March 21, 2026
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް އަލުން ފަށާފައިވަނީ 30 ޖޫން 2026 ގައެވެ.
މާލޭގެ ރައްޔިތުންނަށް ގޯތި ދޫކުރުމަށް ހަމަޖެހިފައިވާ ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ގިނަ ދުވަސްތަކެއް ވަންދެން ހުއްޓިފައި އޮތުމަށްފަހު އެ މަސައްކަތް ފަށާފައި ވަނީ 30 ޖެނުވަރީ 2026 ގަ އެވެ. ކުރީގެ ރައީސް އިބްހިރާމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ފެށި މިމަޝްރޫއު ކުރިއަށް ނު ގެންގޮސް ގިނަ ދުވަސްތަކެއް ވަންދެން އޮތީ ދޫކޮށްލާފަ އެވެ. މިމައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް ގިރާވަރުފަޅުން ގޯތި ލިބުނު މީހުން މީގެ ކުރިން މުޒާހަރާ ކޮށްފައިވެ އެވެ.
މި މަޝްރޫއުގެ ދަށުން ބިން ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްއޭސީއެލް އާއެވެ. މި މަސައްކަތް އަވަސްކުރުމުގެ ގޮތުން ހާއްސަ ދެ ޑްރެޖަރެއް ބޭނުންކުރަމުންދާކަން ސަރުކާރުން ފާހަގަކުރެއެވެ.
ގިރާވަރުފަޅުން ދޫކުރުމަށް ހަމަޖެހިފައިވާ ގޯތިތަކުގެ ތަފްސީލަށް ބަލާއިރު، 1,250 އަކަފޫޓުގެ 2,605 ޕްލޮޓާއި، 1,650 އަކަފޫޓުގެ 1,213 ޕްލޮޓް ހިމެނެއެވެ. މީގެ އިތުރުން 2,050 އަކަފޫޓުގެ 253 ޕްލޮޓާއި 2,450 އަކަފޫޓުގެ އެއް ޕްލޮޓް ދޫކުރުމަށް ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ