ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އީރާނުން ހުރްމޫޒް ކަނޑުއޮޅި އެއްކޮށް ނުހުޅުވައިފިނަމަ، އެޤައުމުގެ ކަރަންޓު އުފައްދާ މަރުކަޒުތައް ފުނޑުފުނޑުކޮށްލާނެ ކަމުގެ އިންޒާރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ދީފިއެވެ.
ހޮނިހިރު ދުވަހުގެ ރޭ އީރާނުގެ މިސައިލްތައް ވަނީ އިސްރާއީލުގެ ދެކުނުގެ ރަށްތަކެއް ކަމަށްވާ ޑިމޯނާ އަދި އަރާޑް އަށް އަމާޒުވެފައެވެ. ވަކިވަކިން ދިން މި ޙަމަލާތަކުގައި ކުޑަކުދިން ހިމެނޭހެން އެތައް ބަޔަކު ވަނީ ޒަޚަމްވެފައެވެ.
އީރާނުގެ ރިވޮލިއުޝަނަރީ ގާޑްސް އިން އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެމީހުންގެ ހަމަލާތައް އަމާޒުކުރީ އިސްރާއީލުގެ ދެކުނުގައިވާ އަސްކަރީ ތަންތަނާއި ސަލާމަތީ މަރުކަޒުތަކަށް ކަމަށެވެ.
ހުރްމޫޒް ކަނޑުއޮޅި ނުހުޅުވައިފިނަމަ އީރާނުގެ އިންޖީނުގެތައް ފުނޑުފުނޑު ކޮށްލާނަން: ޓްރަމްޕް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ