ދުންތަފާ ދެކޮޅު އެންމެ ބޮޑު ގްރޫޕުން ދުންފަތް މަނާކުރުމުގެ ބަދަލުގައި ރެގިއުލޭޓް ކުރުމަށް ސަޕޯޓު ކުރާ ސަބަބު ދުންތަފާ ދެކޮޅު އެންމެ ބޮޑު ގްރޫޕުން ދުންފަތް މަނާކުރުމުގެ ބަދަލުގައި ރެގިއުލޭޓް ކުރުމަށް ސަޕޯޓު ކުރާ ސަބަބު

ދުންފަތުގެ އިސްތިއުމާލް ކުރުމާ ދެކޮޅަށް ދުނިޔޭގައި ހިނގާ ހަނގުރާމައިގައި، އިނގިރޭސިވިލާތުގެ އެކްޝަން އޮން ސްމޯކިން އެން ހެލްތު (އޭއެސްއެޗް) އަކީ ދުންފަތް އިންޑަސްޓްރީގެ އެންމެ ބޮޑު ހަތުރެވެ. ދަހަރުތަކެއް ވަންދެން އެ ޖަމިއްޔާއިން ވަނީ ސިނގިރޭޓް ޕެކުގެ ބޭރުގައި ބްރޭންޑުގެ ނަން ނުޖެހުމާއި، ޓެކްސް މަތިކުރުމާއި، އިޝްތިހާރު ކުރުމާ ދެކޮޅަށް ވަރުގަދަ ކެމްޕެއިންތައް ހިންގައިފަ އެވެ. ހުރިހާ ގޮތަކުން ބަލާ ނަމަވެސް، އެ ޖަމިއްޔާއަކީ ދުންފަތާ ދެކޮޅު އެންމެ ބޮޑު ހިޔާލެވެ.
އެހެން ނަމަވެސް، ފާއިތުވި މަދު އަހަރުތަކުގައި އޭއެސްއެޗްއިން ވަނީ ރާއްޖޭގެ ސިޔާސަތު ބައްޓަން ކުރާ ފަރާތްތައް ހައިރާންކުރުވާނެ ފަދަ ސްޓޭންޑުތައް ނަގައިފަ އެވެ: އޭގެ ތެރޭގައި ދުންފަތް ރެގިއުލޭޓް ކުރުމަށް ތާއީދު ކުރުމާއި، ސްމޯކް ފްރީ ބާވަތްތައް ފަދަ ނިކޮޓިން ޕައުޗް އާއި ހީޓެޑް ޓޮބޭކޯ އަދި އީ-ސިނގިރޭޓް ލިބޭނެ މަގުފަހިކުރުން ހިމެނެ އެވެ.
ދުންފަތް އިންޑަސްޓްރީ ނައްތާލަން ގަދައަޅާ މަސައްކަތް ކުރާ ޖަމިއްޔާއަކުން މި އުފެއްދުންތައް ތާއީދުކުރަނީ ކީއްވެތޯ ބެލުން މުހިއްމެވެ.
އޭއެސްއެޗްގެ ސްޓޭންޑް ބިނާވެފައި ވަނީ ދުނިޔޭގެ ގިނަ ގައުމުތަކުގެ ސަރުކާރުތަކުން އަޅާ ނުލައި ދޫކޮށްލާފައިވާ އާދައިގެ އެކަމަކު ގަބޫލުކުރަން އުނދަގީ ހަގީގަތެއްގެ މައްޗަށެވެ: ނިކޮޓީންއިން ދުންފަތަށް ދެވިހިފާއިރު، ދުންފަތް ރޯކުރުމުން ކެންސަރަށް މަގުފަހިވެ އެވެ.
އިނގިރޭސިވިލާތުގެ ސިއްހީ އެ ޖަމިއްޔާއަށް ސާފުވި ހަގީގަތަކީ "ދެވިހިފުން" (ނިކޮޓީން) އާ ދެކޮޅަށް ކުރާ މަސައްކަތުގައި "މަރަށް މަގުފަހިވާ" (ދުން) އަޅާނުލާ ދޫކޮށްލުމަކީ އެއްވެސް ކާމިޔާބެއް ލިބެން ނެތް ވިސްނުމެއް ކަމެވެ. ސިނގިރޭޓެއް ރޯކުރުމާ އެކު އޭގައިވާ ދުންފަތް އަނދައިގެން ދަނީ 900 ޑިގްރީ ސެލްސިއަސްއަށް ވުރެ ހޫނުމިނެއްގަ އެވެ. އޭގެން ޓާ ްަދި ކާބަން މޮނޮކްސައިޑް ދޫކުރަން ފަށަ އެވެ. ދުންފަތުގެ ސަބަބުން މީހުންގެ މަރު ކުރިމަތިވަނީ މި ކެމިކަލް ރިއެކްޝަންގެ ސަބަބުންނެވެ.
ދުންފަތުގެ އިސްތިއުމާލް ކުރާ ފަރާތްތަކުން ރޯކޮށްގެން ބޭނުންކުރަން ޖެހޭ ދުންފަތުގެ ބާވަތްތަކުގެ ބަދަލުގައި، ރޯނުކޮށް ނިކޮޓީން ލެބޭނެ ގޮތްތައް ފަހިކުރުމުން، އިނގިރޭސިވިލާތުގައި ސިނގިރޭޓް "އެންދުމުގެ" ސިއްހީ ވަބާއިން ދުރުވާން ފުރުސަތު ލިބުނެވެ. އޭގެ ނަތީޖާ ވަރަށް ސާފެވެ: އިނގިރޭސިވިލާތުގައި ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންގެ އަދަދު މަދުވަމުންދާ އިރު، އެކަން ހިނގަމުން ދަނީ ނިކޮޓީން މަނާކުރުމުގެ ސަބަބަކުން ނޫނެވެ. ނަމަވެސް އެއީ ދުންފަތް ބޭނުންކުރާ ފަރާތްތަކަށް ރައްކާތެރި އެހެން ނިޒާމުތަކެއް ހޯދައިދުނުމުގެ ނަތީޖާ އެވެ.
އެކަމަކު ރާއްޖެއިން އިހްތިޔާރު ކުރީ އެއާ އިދިކޮޅު ސްޓޭންޑެކެވެ. ދުންފަތް ކޮންޓްރޯލް ކުރުމުގެ ބޭނުމުގައި މަނާކުރުމަށް ބޮޑެތި ފިޔަވަޅުތަކެއް ވަނީ އަޅައިފަ އެވެ. ސްމޯކް ފްރީ ބާވަތްތައް މަނާ ކުރުމާއި ނުލިބޭނެ ގޮތް ހެދުމުގެ ސަބަބުން، ސަރުކާރުން މި ވަނީ ދުންފަތުގެ ދުމުން ސަލާމަތް ނުވެވޭނެ ގޮތް ހަދައި ދުންފަތުގެ އިސްތިއުމާލް ކުރުމާ މީހުން އެ ދުމުގައި ބަންދުކޮށްފަ އެވެ.
ފާޑުކިޔާ ފަރާތްތަކުން އާއްމުކޮށް ބުނާ އެއް ވާހަކައަކީ، ދުންފަތް ރޯނުކޮށް ބޭނުންކުރެވޭނެ ބާވަތްތަކަކީ ދުންފަތް އިންޑަސްޓްރީން އިތުރު މީހުން އެ ވަބާގައި ޖެއްސުމަށް ދައްކާ ދަޅާއެއް ކަމެވެ. އެކަމަކު އެއީ ހަގީގަތެއް ނަމަ، އިނގިރޭސިވިލާތުގެ އޭއެސްއެޗް އިން އެކަމަށް ތާއީދުކުރަނީ ކީއްވެހެއްޔެވެ؟ އެއީ ލިބެން ހުރި ތަފާސްހިސާބު ދޮގުކުރެވެން ނެތީމަ އެވެ. ރަނގަޅަށް ރެގިއުލޭޓްކޮށްފި ނަމަ، މި އުފެއްދުންތަކާ އެކު ސިނގިރޭޓް ވިޔަފާރިތައް ދަށްކޮށްލެވެ އެވެ.
ސައިންސްގެ ހަގީގަތް ގަބޫލުކުރުމަށް ދުންފަތުގެ އިންޑަސްޓްރީއާ މެދު ހެޔޮކޮށް ދެކޭކަށް ނުޖެހެ އެވެ. ސަރުކާރުގެ އަސްލު ލަނޑުދަނޑިއަކީ ގައިންގަޔަށް ނާރާ ބަލިތައް މަދުކުރުން ކަމުގައިވާ ނަމަ، ދުނިޔޭގައި އެންމެ ކާމިޔާބުކަމާ އެކު ހިނގަމުންދާ ސްޓްރެޓެޖީއަކީ ކޮބައިތޯ ބަލަން ޖެހެ އެވެ.
އިނގިރޭސިވިތާލުގެ ސްޓްރެޓެޖީއިން ސާފުވާ ގޮތުގައި ދުންފަތާ މެދު ހަރުކަށި ފިޔަވަޅު އަޅަމުންދާ އިރު، ދުންފަތުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ވެސް ފިޔަވަޅު އެޅިދާނެ އެވެ. ސިނގިރޭޓުގެ ޓެކްސް ބޮޑުކުރަމުންދާ އިރު، ދުންފަތުގެ ދުމާ ދުރު، ސިއްހީ ގޮތުން ނުރައްކާ ކުޑަ ގޮތްތައް ރައްޔިތުންނަށް ފޯރުކޮށްދެވިދާނެ އެވެ.
"ސިއްހަތުގެ" ނަމުގައި މި އުފެއްދުންތައް މަނާކުރުމަކީ ސިއްހަތް ހިމާޔަތް ކުރުމަށްޓަކައި މަސައްކަތް ކުރަމުންދާ ތަޖުރިބާކާރުންގެ ވިސްނުމާއި ހިޔާލުތައް ބޭނުން ނެތް އެއްޗެއް ކަމުގައި ހެދުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ