ގޫގުލް ޓްރާންސްލޭޓްގެ ފީޗާތަކަށް ޚާއްސަ ވިޖެޓްތަކެއް ތަޢާރަފުކޮށްފި

ރާއްޖެއިން ބޭރަށް ދަތުރުކުރާއިރު ނުވަތަ އައު ބަހެއް ދަސްކުރަން މަސައްކަތްކުރާއިރު، ފަސޭހައިން ބަސް ތަރުޖަމާ (ޓްރާންސްލޭޓް) ކުރެވުމަކީ ވަރަށް މުހިންމު ކަމެކެވެ. ތަފާތު އެތައް އެޕްލިކޭޝަންތަކެއް ހުރި ނަމަވެސް، ގިނަ ބަޔަކު އަދިވެސް އެންމެ އިތުބާރުކުރާ އެޕަކީ 'ގޫގުލް ޓްރާންސްލޭޓް' އެވެ. 9ޓު5ގޫގުލް އިން ހާމަކޮށްފައިވާ ގޮތުގައި، ގޫގުލް ޓްރާންސްލޭޓަށް ގެނައި އެންމެ ފަހުގެ އަޕްޑޭޓާއެކު، ފޯނުގެ ހޯމް ސްކްރީން އަދި ލޮކް ސްކްރީނުން ފަސޭހައިން އެޕްގެ އެކި ފީޗާތަކަށް ވަދެވޭނެހެން އައު ވިޖެޓްތަކެއް ވަނީ ތަޢާރަފުކޮށްފައެވެ. މީގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ އެންމެ ފިތަކަށް އޮބާލައިގެން ޓެކްސްޓް ޓްރާންސްލޭޓްކުރަން ފެށޭ 3x1 ނުވަތަ 5x1 ގެ ވިޖެޓެކެވެ. މީގެ އިތުރުން އެޕްގެ އެކި ބައިތަކަށް ފަސޭހައިން ވަދެވޭނެހެން 1x1 ސައިޒުގެ 5 ވިޖެޓެއް ވެސް ވަނީ ތަޢާރަފުކޮށްފައެވެ. އެއީ: ކެމެރާ (Camera): ކެމެރާ ބޭނުންކޮށްގެން ލިޔުންތައް ޓްރާންސްލޭޓް ކުރުމަށް. ވޮއިސް (Voice): އަޑު މެދުވެރިކޮށް ޓްރާންސްލޭޓް ކުރުމަށް. ލައިވް ޓްރާންސްލޭޓް (Live Translate): ވަގުތުން އަޑުއަހައިގެން އެހެން ބަސްބަހަށް ޓްރާންސްލޭޓް ކުރުމަށް. ކްލިޕްބޯޑް (Clipboard): ކޮޕީކޮށްފައިވާ ލިޔުންތައް ޓްރާންސްލޭޓް ކުރުމަށް. ޕްރެކްޓިސް (Practice): ބަސް ދަސްކުރުމަށް އަޑުއެހުމާއި ވާހަކަދެއްކުން ފަރިތަކުރުމަށް. ފަހުގެ އަޕްޑޭޓާއެކު، ފޯނުގެ ހޯމް ސްކްރީން އަދި ލޮކް ސްކްރީނުން ފަސޭހައިން އެޕްގެ އެކި ފީޗާތަކަށް ވަދެވޭނެ ---މި އައު ވިޖެޓްތައް ތަޢާރަފުކޮށްފައިވަނީ އެންޑްރޮއިޑް ފޯނުތަކަށް ދޫކުރި ގޫގުލް ޓްރާންސްލޭޓް އެޕްގެ 10.8 ވާޝަން ގައެވެ. ބައެއް މީހުންނަށް މީގެ ކުރީގެ 10.7 ވާޝަންގައި ވެސް މި ވިޖެޓްތައް ލިބެމުންދާއިރު، އެންމެ ރަނގަޅު ގޮތަކީ ފޯނުގައިވާ އެޕް އެންމެ ފަހުގެ ވާޝަނަށް އަޕްޑޭޓްކުރުމެވެ. މި ފީޗާތައް އެންޑްރޮއިޑް ފޯނުތަކަށް ލިބުނު ނަމަވެސް، އެޕަލްގެ އައިއޯއެސް ބޭނުންކުރާ ފަރާތްތަކަށް މި ފީޗާތައް އަދި ލިބޭކަށް ނެތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ