ވީއައިއޭގެ ޑޮމެސްޓިކް ޓާމިނަލް ކުރީގެ އިންޓަނޭޝަނަލް ޓާމިނަލަށް ބަދަލުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ޑޮމެސްޓިކް ޓާމިނަލުގެ އޮޕަރޭޝަންސްތައް އެ އެއާޕޯޓްގެ ކުރީގެ އިންޓަނޭޝަނަލް ޓާމިނަލް (ޓާމިނަލް 2) އަށް ބަދަލުކޮށްފި އެވެ.އެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު އެވެ.އެމްއޭސީއެލުން ބުނި ގޮތުގައި، ޑޮމެސްޓިކް ޓާމިނަލްގެ އޮޕަރޭޝަންތައް ޓާމިނަލް 2 އަށް ބަދަލުކުރީ ބޮޑެތި ބަދަލުތަކެއް ގެނައުމަށް ފަހު އެވެ.ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ޗެކި-އިން 8 ކައުންޓަރު ހުރި ނަމަވެސް ޓާމިނަލް 2 ގައި 27 ކައުންޓަރު ހުންނާނެ އެވެ. މީގެ އިތުރުން ސެކިއުރިޓީ ކްލިއަރެންސަށް ތިން މެޝިން ބަހައްޓާފައިވާއިރު ޑިޕާޗާ ހަ ގޭޓް ހުންނާނެ އެވެ.މީގެ އިތުރުން ކުރީގެ ޑޮމެސްޓިކް ޓާމިނަލްގައި ހުރި ބެގޭޖް ބެލްޓަސްވުރެ ބޮޑު ބެލްޓް ބަހައްޓާފައިވާއިރު އަންހެނުންނާއި ފިރިހެނުން ވަކި ނަމާދު ކުރެވޭ ދެ ކޮޓަރި ހުންނާނެ އެވެ.ޑޮމެސްޓިކް ޓާމިނަލް -- ޓާމިނަލް 2 ގައި ކުޑަކުދިން ކުޅޭ ސަރަހައްދެއްގެ އިތުރުން އެފްއެންޑްބީ އައުޓްލެޓް ހުންނާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ