ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކުން %20ގެ ޓްރާންސިޓް ފީއެއް ނެގުމަށް ހުށަހެޅުއްވި ހުށަހެޅުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިއްޔެ އަނބުރާ ގެންދަވައިފި އެވެ.
އޭނާ ވިދާޅުވީ އޭގެ ބަދަލުގައި އެމެރިކާއަށް މަންފާ ލިބޭނީ ގަލްފުގެ ގައުމުތަކާ އެކު ވެވޭ އިންވެސްޓްމަންޓް އެއްބަސްވުންތަކުން ކަމަށެވެ.
މި ނިންމުން ބަދަލުކުރައްވާފައި މިވަނީ، އެ ސްޓްރެޓެޖިކް ކަނޑުގެ މަގުގެ ސަލާމަތްތެރިކަން ބެލެހެއްޓުމުގެ ހަރަދުގެ ބަދަލެއްގެ ގޮތުގައި އެ ފީ ނަގަން އުޅޭކަން ޓްރަމްޕް އިއުލާން ކުރެއްވިތާ އެއް ދުވަސް ފަހުންނެވެ. ނަމަވެސް، އޭނާ އިއްޔެ ވިދާޅުވީ، މެދުއިރުމަތީގެ ލީޑަރުންނާ އެކު ބޭއްވުނު ވަރަށް ކާމިޔާބު މަޝްވަރާތަކަކަށް ފަހު، އެ ފީގެ ބަދަލުގައި ގަލްފުގެ އެކި ގައުމުތަކުން އެމެރިކާއާ އެކު ކުރާނެ ވިޔަފާރި އާއި އިންވެސްޓްމަންޓް މުއާމަލާތްތައް ކުރިއަށްދާނެ ކަމަށެވެ.
އިތުރު ތަފްސީލު ނުދެއްވިޔަސް، އެ އިންވެސްޓްމަންޓްތައް ވެގެންދާނީ ބޮޑެތި އިންވެސްޓްމަންޓްތަކަކަށް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން އޭނާ ވިދާޅުވީ، "ފީއެއް ނެގުމުގެ ވިސްނުމާ މާ ގަޔާނުވާ" ކަމަށެވެ.
މި އިއުލާން އައިސްފައިވަނީ އެމެރިކާ އާއި އީރާނާ ދެމެދު ނުތަނަވަސްކަން އިތުރަށް ބޮޑުވަމުންދާ ދަނޑިވަޅެއްގަ އެވެ. ޓްރަމްޕް މި މޭރުމުން ވާހަކަދެއްކެވީ، މިދިޔަ މަހު ސޮއިކުރި އެއްބަސްވުމުގެ ދަށުން ވަގުތީ ގޮތުން ހޮރްމޫޒް ކަނޑުއޮޅި ހުޅުވާލާފައި އޮތުމަށް ފަހު، އަލުން ފެށުނު ހަމަނުޖެހުންތަކާ ހުރެ އެއްބަސްވުމަށް ބުރޫއަރައި އެމެރިކާގެ އަސްކަރިއްޔާއިން އީރާނުގެ ބަނދަރުތައް ބަންދުކުރުމުގެ ހަރަކާތްތައް އަލުން ފެށުމާ އެކު އެވެ.
އީރާނުން ދަނީ އެ ސަރަހައްދުގައި ހުރި އެމެރިކާގެ މަރުކަޒުތަކަށާއި އުޅަނދުތަކަށް ހަމަލާދެމުންނެވެ. ހަމަ އެއާ އެކު، އީރާނުގެ ބައެއް ސިޓީތަކަށް ހަމަލާދީފައިވުމާއި، ކުވައިތު، ބަހްރެއިން އަދި އުރުދުން ހިމެނޭ ގޮތަށް އަސްކަރީ ކުރިމަތިލުންތަކެއް ހިނގަމުންދާ ކަމުގެ ރިޕޯޓުތައް ވެސް ވަނީ ފެންމަތިވެފަ އެވެ
ހޮރްމޫޒް ކަނޑުއޮޅީގެ އުޅަނދުތަކުން %20ގެ ފީ ނެގުން ޓްރަމްޕް ދޫކޮށްލައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ