މިދިޔަ މަހު ޑްރަގާއެކު ހައްޔަރު ކުރި މީހަކު ވާނުވާ ބަންދަށް
މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މާލެއިން މިދިޔަ މަހު ހައްޔަރު ކުރި، ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) ޝަރިއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ. ފުލުހުން ބުނެފައިވާ ގޮތުގައި، ޑްރަގް އެންފޯސްމަންޓާއި، ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ސާޖިދު ހައްޔަރުކުރީ، މިދިޔަ މަހު 24 ވަނަ ދުވަހުއެވެ. ހައްޔަރުކޮށްގެން ކޯޓަށް ގެންދިޔުމުން އޭނާގެ ބަންދަށް 30 ދުވަސް ޖެހިއެވެ. އެ މުއްދަތު ހަމަވެގެން މިއަދު އަލުން ފުލުހުން ބުނި ގޮތުގައި މާލޭ މަގުމަތިން ސާޖިދު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ. މި ތަކެތީގެ ވަގުތީ ބަރުދަނަކީ 51.30 ގުރާމް ކަމަށް އޭރު ފުލުހުން ބުންޏެވެ. ސާޖިދު، ޝަރިއަތް ނިމެންދެން ބަންދު ކުރަން މިއަދު އަމުރު ކުރިއިރު، ރެކޯޑްތައް ދައްކާ ގޮތުން ސާޖިދުގެ މައްޗަށް އުފުލާފައިވާ އޮރިޔާން ކާޑު ގެންގުޅުމުގެ ކުށުގެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިހާރު ވެސް ކުރިއަށް އެބަދެއެވެ. މި މައްސަލައިގެ އަޑު އެހުމެއް އަންގާރަ ދުވަހު ހެނދުނު ބޭއްވުމަށް ވެސް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި އެބައޮތެވެ. މީގެ އިތުރުން ރެކޯޑްތައް ދައްކާ ގޮތުން މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ވެސް ސާޖިދުގެ މައްޗަށް ދައުލަތުން ދައުވާކޮށްފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ