ތިމަރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ[މުސްތަފާބެ]އަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފި އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި މުސްތަފާބެއަށް ހާޓްއެޓޭކް ޖެހުނީ ރޭގައެވެ. ހާޓްއެޓޭކް ޖެހުމާއެކު އައިޖީއެމްއެޗްއަށް ގެންގޮސް ދަނީ ފަރުވާ ދެމުންނެވެ. މުސްތަފާބެގެ އާއިލާގެ މީހަކު ހަމައެމްވީއަށް ކިޔައިދިން ގޮތުގައި ހިތުގެ ބައެއް ނާރުތައް ބްލޮކްވެފައި ހުރުމުން ރޭ ވަނީ ސަރޖަރީއެއް ހަދާފައެވެ. އޭނާ ބުނީ މުސްތަފާބެގެ ހާލު މިހާރު އަންނަނީ ރަނގަޅުވަމުން ކަމަށެވެ.
މުސްތަފާބެ ވަނީ ގާތްގަނޑަކަށް ރައްޔިތުންގެ މަޖިލީހުގައި 12 އަހަރު މެމްބަރުކަން ކުރައްވާފައެވެ. އެއީ ތިމަރަފުއްޓާއި ވޭމަންޑޫ ދާއިރާ ގައެވެ. އެންމެ ފަހުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާއަށް ވެސް މުސްތަފާބެ ކުރިމަތިލެއްވިއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ތިމަރަފުށީ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ މިހާރުގެ މެމްބަރު އަބްދުﷲ ރިޔާޒެވެ.
ކުރީގެ މެމްބަރު މުސްތަފާބެއަށް ހާޓްއެޓޭކެއް ޖެހިގެން ހޮސްޕިޓަލުގައި ފަރުވާ ދެނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ