ހަމަނުޖެހުން ހިންގީ މުސާރަނުދީގެންނެއް ނޫން: އައިލެންޑް އެކްސްޕާޓު

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް އަޅާ ފުލެޓުތައް ބިނާކުރުމުގެ މަސައްކަތްކުރާ ބިދޭސީން އިހުތިޖާޖުކޮށް ފުލުހުންނާ ކުރިމަތިލައި ހަމަނުޖެހުން ހިންގާފައިވަނީ މުސާރަ ނުދީގެން ކަމުގައި ޤަބޫލުނުކުރާ ކަމުގައި އައިލެންޑް އެކްސްޕާޓު ކުންފުނިން މިއަދު ބުނެފިއެެވެ. އެގޮތުން އެކުންފުނީގެ މެނޭޖިން ޑައިރެކްޓަރު އަނޮން ސޮންގްޕަންޔާ "މިހާރު" ނޫހަށް މައުލޫމާތު ދެއްވަމުން ވިދާޅުވެފައިވަނީ މުވައްޒަފުންނަށް ގިނަ މަސްތަކެއްގެ މުސާރަނުދެވި އޮތް މައްސަލައާ ގުޅޭ ގޮތުން މުވައްޒަފުންނާ ވާހަކަދައްކައިގެން ޙައްލެއް ހޯދާފައިވާ ކަމުގައެވެ. އެގޮތުން އެއް މަސްދުވަހުގެ މުސާރައަށްވާ ފައިސާ މިހާރު ހަމަޖައްސާފައިވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި އިތުރަށް ދޭން ހުރި ފައިސާ ދޭނެ ގޮތަކާމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ވަޒީފާ ދޫކޮށްލުމަށްފަހު އަނބުރައި ޤައުމަށް ދާން ބޭނުންވާ މީހުންނަށް ޤައުމަށް ދެވޭނެ އިންތިޒާމުތައް މިހާރު ހަމަޖައްސަމުންދާ ކަމުގައެވެ. އަދި ބިދޭސީ މަސައްކަތްތެރިންނަށް އެއް މަހުގެ މުސާރަ ދިނުމުން އެފަރާތްތަކުގެ ޝަކުވާއަކަށްވީ ޑޮލަރުގެ އަގުބޮޑުވުން ކަމުގައެވެ. އެހެންކަމުން 16 ރުފިޔާއަށްވުރެ އަގުބޮޑު ނުވާ ގޮތުގައި ޑޮލަރު ހޯދައިދޭނެ ކަމަށް އެކުންފުނިން ބުނެފައިވާނެ ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި މުވައްޒަފުން އިތުރަށް ހަމަނުޖެހުން ނުހިންގާނެ ކަމުގެ ޔަޤީންކަން ދިނުމަށްފަހު މިއަދު ހަމަނުޖެހުން ހިންގައި ފުލުހުންނާ ކުރިމަތިލައި އާންމުންގެ މުދަލަށާއި ފުލުހުންގެ އުޅަނދުފަރަށް ގެއްލުން ދިނުމަކީ ހިންގި ޖަރީމާއެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މުސާރަ ހަމަޖައްސައި މުވައްޒަފުން ބޭނުންވާ ކަންކަން ހަމަޖައްސާނެ ކަމުގެ ޔަޤީންކަން ދީފައިވަނިކޮށް މުވައްޒަފުން ހަމަނުޖެހުން ހިންގުމުން އެކަމުގެ ޒިންމާ އެކުންފުނިން އުފުލަން ނުޖެހޭނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ