އެއްވެސް ފަރާތަކުން ސިޔާސީ މަގްސަދެއްގައި ނަން ބޭނުން ނުކުރެއްވުމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިވަނީ މިއަދު ހަވީރު ކުރެއްވި ޓުވީޓެއްގައިއެވެ.
ރައީސް މައުމޫން ކުރެއްވި ޓުވީޓުގައި ވަނީ"އެއްވެސް ފަރާތަކުން ސިޔާސީ މަގްސަދެއްގައި އަޅުގަނޑުގެ ނަން ބޭނުން ނުކުރެއްވުން އެދެން، އަޅުގަނޑު ބުނަން ބޭނުންވާ އެއްޗެއް ބުނާނީ އަޅުގަނޑު." މިހެންނެވެ.
ރައީސް މައުމޫން މިހެން ވިދާޅުވެފައިމިވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ، އެމަނިކުފާނާއި ގުޅޭ ގޮތުން ތަފާތު އެކި ގޮތް ގޮތަށް ވާހަކަ ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައިއެވެ.
އެގޮތުން އިމްރާން މީގެކުރިން ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ވިދާޅުވީ މިދިޔަ ބުރާސްފަތި ދުވަހުގެރޭ ޕީޕީއެމް އެމްޑީއޭ ޖަލްސާއަށް ރައީސް މައުމޫން ގެންދެވީ ބޮލުގައި ބަޑިޖައްސައިގެން ކަމަށެވެ. އިމްރާން ވިދާޅުވީ ރައީސް މައުމޫން ހުންނެވީ އަނިޔާވެރިކަމާ ދެކޮޅަށް ކަމަށާއި، އަދި މިއަދު ހިނގަނީ ޕީޕީއެމްގެ ވެރިކަމެއް ވެސް ނޫންކަމަށެވެ.
ރައީސް މައުމޫންގެ ބަހެއް މި ސަރުކާރުން ނާއްސަވާ ކަމަށާއި، ހުރިހާ ކަމެއްވެސް ކުރައްވަނީ ޓޫރިޒަމް މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ލީޑަރު އަދީބު ބުނާ ގޮތަށް ކަމަށްވެސް އިމްރާން ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް އަބްދުﷲ ޔާމިން ހިންގަވާ އަނިޔާތަކުގެ ސަބަބުން، ރައީސް މައުމޫން ހުންނެވީ، ހިތްހަލާކުވެފައި ކަމަށް ވެސް އިމްރާން ވިދާޅުވެފައިވެއެވެ.
ސިޔާސީ މަގްސަދެއްގައި އަޅުގަނޑުގެ ނަން ބޭނުން ނުކުރެއްވުން އެދެން - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ