ވަގުތީ ނަތީޖާ އިއުލާން ނުކުރެވިހުރި 38 ދާއިރާގެ ނަތީޖާ މިއަދު 10:30ގައި

މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރައްޔިތުންގެ މަޖީހުގެ އިތިޚާބުގެ ވަގުތީ ނަތީޖާ އިޢުލާން ނުކޮށްވާ ތިރީސް އަށް ދާއިރާގެ ތެރެއިން ބައެއް ދާއިރާ ތަކުގެ ވަގުތީ ނަތީޖާ މިއަދު ދިހަގަޑި ތިރިހުގައި އިއުލާނު ކުރާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފިއެވެ.
 އިލެކްޝަންސް ކޮމިޝަނުން އިތުރު ސާޅީސް ދާއިރާއެއްގެ ވަގުތީ ނަތީޖާ ރޭވަނީ އިޢުލާންކޮށްފައެވެ.
 ރޭ އިޢުލާން ކޮށްފައިވާ ސާޅީސް ދާއިރާގެ ތެރޭގައި، މާލޭގެ ގިނައަދަދެއްގެ ދާއިރާތަކާއި، އައްޑޫ ސިޓީގެ އިތުރުން ފުއައްމުލަކާއި، ދ، ހއ، ހދ، ގދ، މ  އަތޮޅުގެ ދާއިރާތަށް ހިމެނެއެވެ. މިއާއެކު އިލެކްޝަންސް ކޮމިޝަނުން މިހާތަނަށް ވަނީ ސާޅީސް ހަތް ދާއިރާއެއްގެ ވަގުތީ ނަތީޖާ އިއުލާނު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ