ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު، ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމަވައި އެކަން އިއުލާނު ކުރައްވައިފި އެވެ.
އުމަރު ނަސީރު މިކަން އިއުލާނު ކުރައްވާފައިވަނީ ބައެއް މީޑިއާތަކަށް ފޮނުއްވި މެސެޖެއްގައި އެވެ.
އެ މެސެޖުގައި އުމަރު ނަސީރު ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީއާއި ގުޅިވަޑައިގަތުމަށް ނިންމެވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެޕާޓީ ތައްޔާރު ވަމުންދާތީ އެކަމަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ކަމަށެވެ.
އަންނަ ހަފްތާގެ ތެރޭގައި އެ ޕާޓީއަށް ސޮއި ކުރައްވާނެ ކަމުގައިވެސް އެ މެސެޖުގައި އުމަރު ނަސީރު ވިދާޅުވެފައި ވެ އެވެ.
އުމަރު ނަސީރު ޖުމްހޫރީ ޕާޓީއާއި ގުޅެން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ