ގުޅިފައިވާ ޕާޓީތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށްޓަކައި އެންމެ ތާއީދު ބޮޑުވާނެ ކެންޑިޑޭޓެއް ނެރޭނެ ކަމަށާއި އެ އިންތިހާބު 80 ޕަސެންޓުން ކާމިޔާބުކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި މާމިނގިލީ ދާއިރާގެ މެންބަރ ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ގާސިމް މިހެން ވިދާޅުވީ، އދ. މާމިގިލީގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި އިއްވެވި ބަޔާނުގައެވެ.
ގާސިމް ވިދާޅުވީ، ހަރުދަނާ އުސޫލެއްގެ ދަށުން އިދިކޮޅު ޕާޓީތަކުގެ ތެރެއިން އެއްބަސްވެވޭ ކެންޑިޑޭޓަކު ނެރޭއިރު، ރައްޔިތުންނަށް އެންމެ ފައިދާވާނޭ ގޮތުގެމަތިން ކުރަންޖެހޭ ހުރިހާ މަސައްކަތެއްވެސް ޖުމްހޫރީ ޕާޓީން އިޚްލާޞްތެރިކަމާއެކު ކުރިޔަށް ގެންދާނެކަމަށެވެ.
އަދި އެފަދަ ކެންޑިޑޭޓަކު ނެރުމަށް ހުރިހާ ގުޅިފައިވާ ޕާޓީތަކުން މަސައްކަތްކޮށްފި ނަމަ އެ ކެންޑިޑޭޓަކަށް ދިވެހި ރައްޔިތުންގެ އަށްޑިހަ އިންސައްތައަށްވުރެ ތަނަވަސް އަޣްލަބިއްޔަތެއް ލިބިގެންދާނެ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.
އިންތިހާބުގައި 80 ޕަސެންޓު ވޯޓުން އިދިކޮޅު ކެންޑިޑޭޓް ކާމިޔާބު ކުރާނެ - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ