ސުޕްރީމް ކޯޓު ވެސް ހިނގަނީ ޤާނޫނާއި އެއްގޮތައްތޯ ކަށަވަރު ކޮށްދޭން ޖެހޭ – ރައީސް

ސުޕްރީމް ކޯޓު ވެސް ހިނގަނީ ޤާނޫނާއި އެއްގޮތައްތޯ ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވަން ޖެހިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިހެން ވިދާޅުވީ ޕީޕީއެމްގެ "ރުމާލު-2" ޖަގަހައިގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ފުލުހުންގެ މިނިވަންކަން ގެއްލިފައިވާކަމަށް އިދިކޮޅު ފަރާތްތަކުން ވިދާޅުވާތީ އެކަމަށް ފާޑުވިދާޅުވެ ރައީސް ވިދާޅުވީ "ސްޕްރީމް ކޯޓު ވެސް މަގުން ކައްސާލައިގެން ދަންޏާ، އިލެކްޝަންޝް ކޮމިޝަން ވެސް މަގުން ކައްސާލައިގެން ދަންޏާ، ފުލުހުންގެ މުއައްސަަސާ ވެސް މަގުން ކައްސާލައިގެން ދަންޏާ، ސިފައިންނާއި ސަލާމަތީ ބާރުތައް ވެސް މަގުން ކައްސާލައިގެން ދަންޏާ ޤާނޫނޫ އަސާސީގެ 115 ވަނަ މާއްދާގައި ރައީސުލްޖުމްހޫރިއްޔާ އަށް މަތިކުރާ ވަރުގަދަ މަސްއޫލިއްޔަތެއް އެއީ. ޤާނޫނާއި އެއްގޮތައް އެއިން ކޮންމެ ކަމެއް ކޮންމެ ތަނެއް ހިނގާކަން ރައްޔިތުންނަށް ކަށަވަރު ކޮށްދޭން ޖެހޭ މީހަކީ ރައީސުލްޖުމްހޫރިއްޔާ." ކަމަށެވެ.
ރައީސް ޔާމީން އިތުރަށް ވިދާޅުވީ މިއަދު އިދިކޮޅު ފަރާތްތަކަށް ފުލުހުންގެ މިނިވަންކަން ނެތް ވާހަކަ ނުދެއްކޭނެ ކަމަށެވެ.
"ފުލުހުންގެ މިނިވަންކަން ނެތް ވާހަކަ ދައްކާއިރު ރައީސް ނަޝީދުގެ ވެރިކަމުގައި އަޅުގަނޑުމެންނަށް އެނގެއޭ ކޮންމެވެސް ވަޒީރަކު ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު ކޮމިޝަނަރ އޮފް ޕޮލިސްގެ ގޮނޑީގައި އިންނަވައިގެން ކަންކަން ނިންމީ." ރައީސް ވިދާޅުވިއެވެ.
(ތަފްސީލް އަންނަނީ)
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ