ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ޑިޕްލޮމެޓަށްކުރި ބޭއިހްތިރާމެއް: މައުމޫނު

އިންޑިއާ ސަފީރާއި ބައްދަލު ކުރުމުން ގއ އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުން ސަސްޕެންޑް ކޮށްފައި ވަނިކޮށް، އެއީ ޑިޕްލޮމެޓަށް ކުރި ބޭ އިހްތިރާމެއްކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވަރަށް ބޮޑަށް ފާޑު ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫނު މިއަދު ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ ކައުންސިލަރުން ސަސްޕެންޑް ކުރުމަކީ ހަމައެކަނި ޤާނޫނާއި ހިލާފު އަދި ޑޮމޮކްރަސީއާއި ބީރަށްޓެހި ކަމެއް ނޫންކަމުގައެވެ.The suspension of a number of atoll councillors following their meeting with a foreign diplomat is not only unlawful and anti-democratic but also disrespectful to the diplomat’s country that has been one of our major development partners for many decades.— Maumoon Abdul Gayoom (@maumoonagayoom) December 17, 2017އެއާއި އެކު އެއީ ރާއްޖޭގެ ތަރައްޤީގެ ދުވަސްވީ ބައިވެރި ޤައުމެއްގެ ޑިޕްލޮމެޓަށްކުރި ބޭއިހްތިރާމެއް ކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
ސަރުކާރުގެ ކޮންޓްރޯލް އޮންނަ ލޯކަލް ގަވަމަންޓް އޮތޯރިޓީ، އެލްޖީއޭ އިން ގއ. އަތޮޅުގެ އަތޮޅު ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް ކޮށްފައިވަނީ ރާއްޖޭގައި ހުންނަވާ އިންޑިއާގެ ސަފީރު އަކިލޭޝް މިޝްރާއާ ގއ. އަތޮޅު ކައުންސިލުން ބައްދަލުކޮށްފައިވާތީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ