އުމަރު ނަސީރު ޖޭޕީއަށް ސޮއި ކުރައްވައިފި

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީއަށް މިއަދު ސޮއި ކުރައްވައިފި އެވެ.
އުމަރު ޖޭޕީއަށް ސޮއި ކުރެއްވީ ޖޭޕީގެ މައި އޮފީސް، މ. ކުނޫޒުގައި މިހާރު ކުރިއަށްދ ރަސްމިއްޔާތެއްގަ އެވެ.
އުމަރު ޖޭޕީއަށް ސޮއި ކުރެއްވުމުން ޖޭޕީގެ ނައިބް ލީޑަރު އަބްދުﷲ ރިޔާޒު ވަނީ ޕާޓީގެ ނަމުގައި އުމަރަށް މަރުހަބާ ދަންނަވަމެވެ.
ރިޔާޒު ވިދާޅުވީ އުމަރަކީ ސިޔާސީ މައިދާނުގައި ވަރަށް ގާބިލް ބޭފުޅެއް ކަމަށާއި އުމަރުގެ ކަންކަމަށް ސަމާލުކަން ލިބެނީ އެ ސަބަބާ ހުރެ ކަމަށެވެ.
ރިޔާޒު ވިދާޅުވީ އުމަރު ނަސީރަކީ ޖުމްހޫރީ ޕާޓީއަށް އާބޭފުޅެއް ނޫން ކަމަށާއި އުމަރު ޖޭޕީގެ މަސައްކަތް ކުރައްވާނީ ޖޭޕީގެ އުސޫލުތަކުގެ ތެރެއިން ކަމަށެވެ.
އުމަރު މިއަދު ޖޭޕީއަށް ސޮއި ކުރެއްވުމުން އޭނާ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އަބްދުﷲ ޔާމީނަށް ތާއީދު ނުކުރައްވާނެ ކަން އެނގިގެންދާ ކަމަށްވެސް ރިޔާޒު ވިދާޅުވި އެވެ. އަދި ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރުން ރައްޔިތުންގެ ހައްގުތައް ނިގުޅައިގެންފައިވާތީ އުމަރުގެ މިނިންމެވުމާ އެކު އެ ހައްގުތައް ހޯދައިދޭން އުމަރު މަސައްކަތް ކުރައްވާނެ ކަމަށެވެ.
އުމަރު ވިދާޅުވީ އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަތީ ޖުމްހޫރީ ޕާޓީ ހިމެނޭ ގުޅިފައިވާ އިއްތިހާދާއިއެކު މަސައްކަތް ކުރެއްވުމަށް ނޫން ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އިންތިހާބުގައި ވާދަކުރެއްވުމަށް ފުރުސަތު ލިބިވަޑައިގެންފިނަމަ އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް އެހީތެރިވެދޭނެ ކަމަށްވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގާސިމަށް އިންތިހާބުގައި ވާދަކުރެއްވޭ ގޮތް ނުވެއްޖެނަމަ ޖޭޕީގެ ރިޔާސީ ޓިކެޓް ހޯދުމަށް އޭނާ މަސައްކަތް ކުރައްވާނެ ކަމަށެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ