ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރާއެކު މަޝްވަރާ ކުރައްވައިފިން- ބަންޑާރަ ނައިބް

އުއްތަމަ ފަނޑިޔާރާއެކު މަޝްވަރާ ކުރެވިފައިވާކަމަށް ބަނޑާރަ ނައިބް މުހައްމަދު އަނިލް ވިދާޅުވެއްޖެއެވެ. ދައުލަތުގެ ފަރާތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަ ދައްކަވަމުން މުހައްމަދު އަނިލް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ހުރި ޤަނޫނީ ކަންބޮޑުވުންތައް ސުޕްރީމް ކޯޓުގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސަޢީދް އާއި އެކު މަޝްވަރާ ކުރެވިފައިވާކަމަށެވެ.ބަނޑާރަ ނައިބް ވިދާޅުވީ، ސަރުކާރުގެ ފަރާތުން ފާހަގަ ކުރައްވާ ކަންބޮޑުވުންތަކަކީ، ތަފާތު އެކި ބޮޑެތި ކުށްތަކުގައި ހައްޔަރު ކުރެވިފައިވާ ފަރާތްތައް ދޫކޮށްލުމަށް ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރު ކަމަށެވެ. "ޓެރަރިޒަމް މީހުން މެރުން ބޮންގޮވުން، އެމްބެޒިލްމަންޓް، ކޮަރަޕްޝަން ހިޔާނާތް، މިފަދަ އެތަކެއް ކުށްތަކެއްގެ ތުހުމަތުގަ ހުރި ބަޔެއް ހޫރިމަ އަޅުގަނޑުމެން ކަންބޮޑުވޭ" ބަނޑާރަ ނައިބް ވިދާޅުވިއެވެ. ބަނޑާރަ ނައިބް ވިދާޅުވި މިފަދަ ބޮޑެތި ކުށްތަކެއްގެ ތުހުމަތުގައި ހުރި ބަޔެއް ވީމާ މިހާރު މިހާރައް ދޫކޮށްލައިފި ނަމަ ހިނގަމުންދާ ތަހުޤީޤް އަށް އަދި ޝަރީއަތް މަރްހަލާގެ އެކި އެކި މައްސަލަ ތަކެއް ހުރީމަ އެކަމާއި ގުޅޭ ތަފްސީލް ތަކާއި ގުޅޭ ގޮތުން އުއްތަމަ ފަނޑިޔާރާއި އެކު މަޝްވަރާކުރައްވާފައިވާކަމަށެވެ.  މި ނޫށްވެރިންގެ ބައްދަލުވުމުގައި ދައުލަތުގެ ބަނޑާރަ ނައިބް ވިދާޅުވީ، ޑިއު ޕުރޮސެސްއިން ކަމަށް މި ހުކުމް ތަންފީޒް ކުރައްވާނެ ކަމަށް އުއްތަމަ ފަނޑީޔާރު އަބްދުﷲ ސާއީދް އާއި އެކު މަޝްވަރާ ކުރެއްވުމުން ވިދާޅުވިކަމަށެވެ. އެގޮތުން ޤަނޫނީ ނިޒާމް ގެ ތެރެއިންނާއި ޑިއު ޕުރޮސެސްގެ ތެރެއިން މި ހުކުމް ތަންފީޒް ކުރައްވާނެ ކަމަށް އުއްތަމަ ފަނޑިޔާރު ލަފާ ދެއްވާފައިވަކަމަށެވެ.  ބަނޑާރަ ނައިބް ވިދާޅުވީ ސުޕްރީމް ކޯޓުގެ އަމުރުގައި ވާ މީހުންގެ މައްސަލަތައް ދިރާސާ ކުރުމުގެ މަސައްކަތް ޕުރޮސެކިއުޓާރ ޖެނެރަލް އޮފީހުން ފަށާފައިވާކަމަށެވެ. މީގެއިތުރުން ވަރަށް އަވަހައް މި މައްސަލަ ފުލުހުންނާއި ގުޅިގެން ދިރާސާ ކުރުމަށް ފަހު ޤަނޫނީ ގޮތުން ހުރި ކަންކަން ޕީޖީ އަސް ގެންނަ ގޮތައް ސުޕްރީމް ކޯޓައް ހުށައަޅާނެ ކަމަށް ބަނޑާރަ ނައިބް ވިދާޅުވިއެވެ.  "ޕީޖީއިން މި މައްސަލަ ދިރާސާ ކުރުމަށް ފަހު ސުޕްރީމް ކޯޓައް ހުށައެޅީމަ އެކަން ކަމަށް ރިޔާއަތް ކުރައްވާ ގޮތްތަކެއް ކަނޑައަޅާދެއްވާނެ، އޭރުން ދައުލަތުގެ ކަމާއި ބެހޭ ހުރިހާ މުއައްސަސާތަކުން ގުޅިގެން ވަރަށް ބާރު ސުޕީޑްއެއްގައި ކުރިޔަށް ގެންދާ ވާހަކަ ދިވެހި ހުރިހާ ރައްޔިތުންގެ މައުލޫމާތު އަށް ޓަކައި ހިއްސާ ކުރައްވަން" ބަނޑާރަ ނައިބް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ