ބައިނަލްއަޤްވާމީ މުޢާހަދާތަކުގައި ސޮއެކޮށްގެން ރާއްޖެ ތިބިހާ ހިނދަކު، ބައިނަލްއަޤްވާމީ މުޖްތަމައުއަށް އަދި އދއަށް ރާއްޖޭގެ ކަންތައްތަކާއި ބެހެވޭނެ ކަމަށް އދގެ ޚާއްސަ ރެޕަޓުއަރ އަދި ރާއްޖޭގެ ކުރީގެ ޚާރިޖީ ވަޒީރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.
ރާއްޖެ.އެމްވީ އާއި ވާހަކަ ދައްކަވަމުން ޑރ. ޝަހީދު މިހެން ވިދާޅުވީ، މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ދެއްވުމަށް އދގެ އިންސާނީ ހައްޤުތަކާއި ބެހޭ ކޮމިޓީއިން ނިންމާނެ ކަމަށް އެމަނިކުފާނު ވިދާޅުވުމުން، އެކަމާއި ގުޅިގެން ބައެއް މީހުން ފާޑުކިޔަމުންދާތީއެވެ.
ޑރ ޝަހީދު ވިދާޅުވީ އިންސާނީ ހައްޤުތަކާއި ބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއާއި، ސިޔާސީ އަދި މަދަނީ ހައްޤުތަކާއި ބެހޭ މުޢާހަދާގެ އިތުރުން އެހެން ގިނަ މުޢާހަދާތަކެއްގައި ސޮއެކޮށްފައި އޮތުމުން، އެމުޢާހަދާތަކަށް ރާއްޖެއިން އިޙްތިރާމްކުރަން ޖެހޭނެ ކަމަށެވެ. މިސާލެއްގެ ގޮތުގައި ޑރ ޝަހީދު ފާހަގަ ކުރެއްވީ ރާއްޖެއިން ސޮއެކޮށް ތަސްދީޤް ކޮށްފައިވާ ވިއެނާ ކޮންވެންޝަން އޮން ޑިޕްލޮމެޓިކް ރިލޭޝަންސްއެވެ.
"ރާއްޖެއަށް އިންޑިއާ އެމްބަސީގައި ސިއްރު ވަޞީލަތްތައް ފޮރުވައިގެން އެމްބަސީގެ ތެރޭގައި ދައްކާ ވާހަކަ އަޑު ނޭހޭނީ ކީއްވެގެންތޯ؟ އެއީ މިދެންނެވި މުޢާހަދާގައި ރާއްޖެއިން ސޮއެކޮށްފައިވާތީ،" ޑރ ޝަހީދު ވިދާޅުވިއެވެ.
ޑރ. ޝަހީދު ވިދާޅުވީ ވިއެނާ ލޯ އޮން ޓްރީޓީސްގައިވެސް 2005ވަނަ އަހަރު ރާއްޖެއިން ސޮއެކޮށްފައިވާތީ، ބައިނަލްއަޤްވާމީ ޤާނޫންތަކަށް ރާއްޖެއިން ޙުރުމަތްތެރިކޮށް ހިތަން ޖެހޭކަމަށެވެ. ވިއެނާ ލޯ ބުނާ ގޮތުން ޤައުމެއްގެ އަމިއްލަ ޤާނޫންތައް ހުއްޖަތެއްގެ ގޮތުގައި ދެއްކުމަށްފަހު ބައިނަލްއަޤްވާމީ ޤާނޫންތަކާއި، އަދި ސޮއެކޮށްފައިވާ މުޢާހަދާތަކާއި ޚިލާފު ނުވެވޭނެއެވެ.
ޑރ ޝަހީދުގެ ޚާރިޖީ ވަޒީރުކަމުގައި ސޮއެ ކުރައްވާފައިވާ މި މުޢާހަދާތަކާއި ބެހޭ ގޮތުން އެމަނިކުފާނު ވިދާޅުވީ ރާއްޖެއިން އޭރު މިފަދަ މުޢާހަދާތަކުގައި ސޮއެ ކުރީ ރައީސް ޔާމީންގެ ސަރުކާރުފަދަ ސަރުކާރެއް އައިސް ރައްޔިތުންގެ ހައްޤުތައް ނިގުޅައިގަތުމުން ސަލާމަތް ކުރުމަށް ކަމަށެވެ.
ރާއްޖޭގެ ކަންތައްތަކާއި ބެހޭ ގޮތުން އދއަށް ގޮތް ނިންމިދާނެތޯ މީހުން ކުރާ ސުވާލަށް ޖަވާބު ދެއްވަމުން ޑރ ޝަހީދު ވިދާޅުވީ ކުރަންވީ ސުވާލަކީ އެއީ ނޫން ކަމަށާއި، އަހަންވީ ރާއްޖެއަށް ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފުވެގެން އުޅެވިދާނެތޯ ކަމަށެވެ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
ރާއްޖޭގެ ކަންތައްތަކާއި އދއަށް ބެހެވޭނެ، ރާއްޖެއަށް ބައިނަލްއަޤްވާމީ ޤާނޫނާއި ޚިލާފުނުވެވޭނެ: ޑރ ޝަހީދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ