އެމްބާޕޭ އަށް ޕީއެސްޖީން 70 މިލިއަން ޑޮލަރު ދޭން ކޯޓުން އަންގައިފި އެމްބާޕޭ އަށް ޕީއެސްޖީން 70 މިލިއަން ޑޮލަރު ދޭން ކޯޓުން އަންގައިފި

ޕެރިސް (ޑިސެމްބަރު 17) - ރެއާލް މެޑްރިޑްގެ ތަރި، ކީލިއަން އެމްބާޕޭ އަށް އޭނާގެ ކުރީގެ ކްލަބް، ޕީއެސްޖީން 70 މިލިއަން ޑޮލަރު ދޭން ކޯޓުން އަންގައިފި އެވެ.
ޕީއެސްޖީގައި ހަތް ސީޒަން ހޭދަކުރުމަށް ފަހު، މިދިޔަ އަހަރު ރެއާލް މެޑްރިޑަށް ހިލޭ ޑީލެއްގައި ސޮއިކުރި އެމްބާޕޭ، އޭނާގެ ކުރީގެ ކްލަބް ޕީއެސްޖީ އަތުން، 300 މިިލިއަން ޑޮލަރު ހޯދަން ހުށަހެޅީ ފްރާންސްގެ ލޭބާ ކޯޓަށެވެ. އެއީ، އޭނާ އަށް ދޭން ޖެހޭ މުސާރަ އާއި ބޯނަސްތަކެއްގެ އިތުރުން ލިބުނު ގެއްލުމެއްގެ ބަދަލު ހޯދުމުގެ ގޮތުންނެވެ.
އެ މައްސަލަ އަށް ރައްދުދިނުމުގެ ގޮތުން، ޕީއެސްޖީން އެމްބާޕޭ އަތުން 270 މިލިއަން ޑޮލަރު ހޯދަން މައްސަލަ އެއް ހުށަހެޅި ނަމަވެސް، ކޯޓުން އިއްޔެ އެ މައްސަލަ ނިންމިއިރު ޕީއެސްޖީ އަށް އެންގީ، އެމްބާޕޭ އަށް 70 މިލިއަން ޑޮލަރު ދިނުމަށެެވެ. އެއީ، މުސާރައިގެ އިންސައްތަ އަށް ވުރެން ބޮޑަށް އެމްބާޕޭ އަށް ޕީއެސްޖީން ދޭން އެއްބަސްވެފައިވާ ބޯނަހުގެ އަދަދު ބޮޑަށް ހިމެނޭ ޕޭމަންޓެކެވެ.
އެ ގޮތުން، ކޯޓުން މައްސަލަ ނިންމިއިރު، ރިއާޔަތްކޮށްފައިވަނީ، ޕީއެސްޖީން އެމްބާޕޭ އަށް ތިން މަހުގެ މުސާރަ އާއި އެތިކްސް ބޯނަސް ހަމަޖައްސައިދީފައިނުވާ ކަމަށެވެ.
މި މައްސަލައިގައި، އެމްބާޕޭ އިން ފުރަަތަމަ ކޯޓަށް ދިއުމާ އެކު، މިދިޔަ މެއި މަހު، ކޯޓުން ވަނީ ޕީއެސްޖީގެ އެކަައުންޓުން، 75 މިލިއަން ޑޮލަރު ހޯލްޑް ކުރަން އަންގައިފަ އެވެ. އެއީ މައްސަލަ ނިމެންދެނެވެ. އެ ގޮތުން، މައްސަލަ ނިންމައި މިހާރު ޕީއެސްޖީ އަށް އަންގާފައިވަނީ އެމްބާޕޭ އަށް 70 މިލިއަން ޑޮލަރު ދޭން ޖެހޭ ގޮތަށެވެ.
އެކަމަކު، ޕީއެސްޖީން އަދި އޮތީ މި މައްސަލައިގައި ދޫދޭގޮތަކަށް ނޫނެވެ. ޕީއެސްޖީން ވަނީ، އެޕީލް ކުރަން ލިބިފައި އޮފް ފުރުސަތުގެ ބޭނުންހިފަން ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ