ސިޔާސީ ގޮތުން ފައިދާއެއް ހޯދަން ދީން ހަތިޔާރަކަށް ބޭނުންކޮށްގެން ނުވާނެ: އަހުމަދު އަބްދުﷲ

ސިޔާސީ ގޮތުން ވަކި ފައިދާއެއް ހާސިލް ކުރުމަށް އިސްލާމް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުން ނުކުރުމަށް އެމްޑީޕީގެ ޗެއާޕާސަންގެ ނައިބް މާލީ އަހުމަދު އަބްދުﷲ ގޮވާލައިފިއެވެ.
ހޮނިހިރު ދުވަހު އަހުމަދު އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ސިޔާސީ ގޮތުން ވަކި ބަޔަކަށް ފައިދާ ހޯދާދިނުމަށް ނުވަތަ ގެއްލުން ދިނުމަށް އިސްލާމް ދީން ހަތިޔާރަކަށް ބޭނުންކުރުމަކީ އެއްގޮތަކަށް ވެސް ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
Siyaasee gothun vakibayakah faidhaa hoadhafheyn nuvatha gellundheyn islaam dheen hathiyaarakah beynunkurumakee eggothakahves koggenvaane kamehnoon.
އަހުމަދު އަބްދުﷲ މިހެން ވިދާޅުވިއިރު، ސަރުކާރަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ބައެއް ވަޒީރުން ސިޔާސީ ގޮތުން ވަކި މަންފާއެއް ހާސިލްކުރުމަށް ދީން ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުރައްވާ ކަމުގެ ތުހުމަތު ބައެއް ފަރާތަކުން ދަނީ ކުރަމުނެވެ.
 
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ