ރައްޔިތުން މިއަދު މަގުމައްޗަށް ނިކުންނަން ޖެހޭ ސަބަބެއްނެތް- މިނިސްޓަރ ސައީދު

ރައްޔިތުން މިއަދު މަގުމަށްޗަށް ނިކުމެ، ވެރިކަން ވައްޓާލަންޖެހޭ ސަބަބެއް ނެތްކަމަށް އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.ޕީޕީއެމްގެ ރާސްޓަސް ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކައްވަމުން އިކޮނޮމިކް މިނިސްޓަރ މުހައްމަދު ސައީދު ވިދާޅުވީ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރާއި ދެކޮޅަށް މަގުމައްޗަށް ނުކުތުމަށް ތަފާތު އެކިފަހަރުމަތިން އިދިކޮޅު ފަރާތްތަކުން ގޮވާލުމުންވެސް އެކަމަށް އިޖާބަދޭނެ އެއްވެސް ދިވެހި ރައްޔިތަކު ނެތްކަމަށެވެ. އަދި މިސަރުކާރުން ރައްޔިތުންގެ ތަރައްގީއާއި މަންފާއަށް ކުރަމުންދާ މަސައްކަތްތައް ބަލައިގަންނަކަމަށް ސައީދު ވިދާޅުވި. މިނިސްޓާރ ވިދާޅުވީ ކުދިކުދި ތަރައްޤީގެ މަޝްރޫޢުތައް އެތައް ބިލިއަން ރުފިޔާގެ މަޝްރޫޢުތަކަށް ބަދަކުރެއްވި ހަމައެކަނި ރައީސަކީ ރައީސް އަބްދުﷲ ޔާމީނުކަމަށެވެ. ރައީސް ޔާމީން ޤައުމަށް ގެންނަވާ ބަދަލުތަކުގެ މައްޗަށް އަލިއަޅުއްވާލައްވާ ވާހަކަ ދައްކަވަމުން މިނިސްޓަރ ސަޢީދު ވިދާޅުވީ، ރައީސް ޔާމީންގެ ފަސް އަހަރު ދުވަހުގެ ތެރޭގައި ޒުވާނުންނަށް ލިބޭ އާމްދަނީ އެތައް ގުނައަކުން އިތުރުކޮށްދެއްވާފައިވާ ކަމަށެވެ. މިނިސްޓާރ ވިދާޅުވީ ރާއްޖޭގައި ހުރި ބޮޑެތި މައްސަލަތަކުގެ ޙައްލު، ރައީސް ޔާމީންގެ މެނިފެސްޓޯގައި ހިމެނޭކަމަށާއި، އެކަންކަން ކުރައްވަމުން ގެންދަވަނީ އެތެރެއާއި ބޭރުން ކުރިމަތިވެވަޑައިގަންނަވާ ގޮންޖެހުންތަކާއެކުކަމަށެވެ.މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ވަނީ އިދިކޮޅު ފަރާތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. މިނިސްޓާރ ވިދާޅުވީ ރައްޔިތުން ސަރުކާރާއި އިދިކޮޅުވެގެން ނޫޅޭކަމަށާއި ސަރުކާރާއި އިދިކޮޅުވެގެން އުޅެނީ އެންމެ ހަތަރު މީޙަކު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ