ޕީޕީއެމްގެ ރިޔާސީ ޓިކެޓަށް ވާދަކުރައްވަމުން ގެންދަވާ އުމަރު ނަސީރު ށ. މިލަންދޫ ވަޑައިގަތުމުން އެރަށުގައި އެމްޑީޕީގެ ސަޕޯޓަރުން ހަމަނުޖެހުން ހިންގާ އުމަރުގެ ކެމްޕެއިން ޓީމަށް ހުރަސް އަޅަމުންދަނިކޮށް އެރަށުގައި ޕީޕީއެމްގެ ބޮޑު ދިދައެއް ނަގައިފި އެވެ. 
ޕީޕީއެމްގެ އިންތިޤާލީ ނައިބު ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ އުމަރު ނަސީރުގެ ޓީމު ށ. މިލަންދޫއަށް ވަޑައިގަތީ އިއްޔެ ހަވީރުގެ ވަގުތެއްގަ އެވެ. 
އުމަރު އެރަށަށް ވަޑައިގަތުމާއި ގުޅިގެން އެމްޑީޕީގެ ސަޕޯޓަރުން އުމަރަށާއި، އުމަރުގެ ޓީމަށް ހުރަސްއަޅައި ހުތުރު ބަހުން މުއާމަލާތުކޮށްފައިވާ ކަމަށް އުމަރުގެ ކެމްޕެއިން ޓީމުން ވަނީ ބުނެފަ އެވެ. އަދި އެމްޑީޕީގެ ސަޕޯޓަރުންނާއި އުމަރުގެ ސެކިއުރިޓީ ޓީމާއި ދެމެދު ކޮންމެވެސް ވަރެއްގެ ހަމަނުޖެހުންތައް ހިނގާފައިވާ ކަމަށްވެސް ވީނިއުސްއަށް ވަނީ މައުލޫމާތު ލިބިފަ އެވެ. 
އެމްޑީޕީގެ ބޮޑު ތާއީދެއް އޮންނަ މިލަންދޫގައި އެމްޑީޕީގެ ސަޕޯޓަރުން އުމަރުގެ ކެމްޕެއިން ހަރަކާތްތަކަށް ހުރަސްއެޅި ނަމަވެސް އުމަރުގެ ސަޕޯޓަރުންނާއި ބައްދަލުކޮށް ހަދާފައިވާ ކަމަށްވެސް އުމަރުގެ ކެމްޕެއިން ޓީމުން ބުނެއެވެ. އެ ޓީމުން ބުނީ މިލަންދޫގައި 15 ފޫޓް، 10  ފޫޓުގެ ޕީޕީއެމްގެ ބޮޑު ދިދަ، އުމަރު ނަސީރު ނަންގަވައިދެއްވުމަށްފަހު މިހާރު މިލަންދޫއިން އަތޮޅުގެ އެހެން ރަށްތަކަށް ވަޑައިގެންފައިވާ ކަމަށެވެ. 
މިލަންދޫގައި ޕީޕީއެމްގެ ބޮޑު ދިދަ ނެގުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުމަރު ނަސީރު ވިދާޅުވީ މިލަންދޫއިން ފެނުނު މަންޒަރުތަކުން ރާއްޖޭގައި އަދިވެސް ހަމަޖެހުމާއި އަމާންކަމާއި ސުލްހަވެރިކަން ޤާއިމުކުރަންޖެހިފައިވާކަން ހާމަވެގެންދާ ކަމަށެވެ.
    
    އުމަރު މިލަންދޫ ވަޑައިގަތުމުން ބަޔަކު ހުރަސް އަޅަމުންދަނިކޮށް އެރަށުގައި ޕީޕީއެމްގެ ބޮޑު ދިދައެއް ނަގައިފި
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ
 
                 
             
             
                     
             
             
             
             
            