ޑީއާރްޕީގެ ކޮންގްރެސް ޑިސެމްބަރު މަހު

ޑީއާރްޕީގެ ކޮންގްރެސް އަންނަ ޑިސެމްބަރު މަހުގެ ތެރޭގައި ބާއްވާނެ ކަމަށް އެޕާޓީގެ ކައުންސިލުން މިއަދު ނިންމައިފިއެވެ.
ޑީއާރްޕީގެ ސްޕޯކްސްޕާސަން އަދި ކައުންސިލް މެމްބަރު ޒީނާ ޒާހިރު ވިދާލުވީ މިއަދު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގައި ކޮންގްރެސް މިއަހަރުގެ ޑިސެމްބަރު މަހު ބާއްވަން ނިންމި ނަމަވެސް އަދި ވަކި ތާރީހެ ކަނޑައަޅާފައި ނުވާކަމަށެވެ. ޒީނާ އިތުރަށް ވިދާޅުވީ މިއަދު ބޭއްވި ކައުންސިލް ބައްދަލުވުމުގައި ކޮންގްރެސް ކުރިއަށް ގެންދިއުމަށްޓަކައި ވާންޖެހޭ ތައްޔާރީތަށް ވުމަށްޓަކައި ހަތް މެމްބަރުންގެ ކޮމިޓީއެއް ހޮވާފައިވާ ކަމަށެވެ. އަދި ކޮންގްރެސް ބާއްވާނެ ތާރީހުވެސް ކަނޑައަޅާނީ އެކޮމިޓީން ކަމަށްވެސް ޑީއާރްޕީގެ ސްޕޯކްސްޕާސަން ވިދާޅުވިއެވެ.
ޑީއާރްޕީން ޑިސެމްބަރު މަހު ބާއްވާ ކޮންގްރެސްގައި އެޕާޓީގައި ހުސްވެފައިވާ ނާއިބު ލީޑަރުންނާއި ކައުންސިލުން ހުސްވެފައިވާ ގޮނޑިތަކަށް ބޭފުޅުން އިންތިހާބު ކުރުމާއި އަދި އެކި އެކި ގޮފިތަކުންގެ ރައީސުންވެސް އިންތިހާބު ކުރުން އޮންނާނެކަމަށް އެޕާޓީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ