ޖުމްހޫރީ ގުޅުމުގެ ސަރުކާރެއް ގާއިމް ކުރެވިއްޖެނަމަ އުމުރު ދުވަސްވީ މީހުންނަށްދޭ އިނާޔަތް 5200ރ. އަށް ބޮޑު ކުރައްވާނެ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ސަރުކާރުން މިހާރު ދެނީ މަހަކު 2000ރ. އެވެ.
ޖޭޕީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް މިރޭ ކ. ގުރައިދޫއަށް ވަޑައިގެން އެރަށުގައި ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންންގެ އާބާދީ އާއި މުސްކުޅިންނަށް އެމަނިކުފާނުގެ ސަރުކާރެއްގައި ހާއްސަ ސަމާލު ކަމެއް ދެއްވާނެ ކަމަށާއި މިހާރު މުސްކުޅިންނަށް ދިމާވެފައިވާ ދަތިތައް ނައްތާލަވާ ރާއްޖޭގެ އާބާދީގައި ހިމެނޭ ދުވަސްވީ މީހުންނަކީ އުފާވެރި ހަޔާތެއް ހޭދަ ކުރާ، އަދި އެފަދަ ހަޔާތަކަށް ބޭނުންވާ ކަންކަން ފުރިހަމަވެފައިވާ ބަޔަކަށް ހައްދަވާނެ ކަމަށެވެ.
މުސްކުޅިންނަށް ސަރުކާރުން ދޭ އިނާޔަތުގެ ފައިސާ 5200ރ. އަށް ބޮޑު ކުރެއްވުމުގެ މައްސަލަ މަޖިލީހަށް ހުށަހަޅުއްވައި އެކަން ހަމަޖައްސަވާނެ ކަމަށް އިއުލާން ކުރެއްވުމުގެ އިތުރުން ވެސް ބައެއް ކަންކަން އެފާރާތްކަށް ފުރިހަމަ ކޮށްދެއްވާނެ ކަމަށް ގާސިމް މިރޭ ވިދާޅުވި އެވެ.
ގާނޫނަކުން ފާސްކޮށްފައިވާ އެ އިނާޔާތް މުސްކުޅިންނަށް ދޭން ފަށާފައި ވަނީ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގަ އެވެ.
މުސްކުޅިންގެ އިނާޔަތް 5200ރ. އަށް ބޮޑުކޮށްދޭނަން: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ