އެންއައިސީގެ ރައީސަކަށް، ޚިޔާނާތް ފަޅާއަރުވާލި ގާސިމް

އެމްއެމްޕީއާރުސީ ތެރޭގައި ހިނގާ ދިޔަ ބޮޑު ޚިޔާނާތް ފަޅާ އަރުވާލި، ފ. ނިލަންދޫ (ބީއެމްއެލް) ބްރާންޗްގެ އޭރުގެ މެނޭޖަރު ޤާސިމް އަބްދުލްކަރީމް ނޭޝަނަލް އިންޓެގްރީޓީ ކޮމިޝަނަށް (އެންއައިސީ) އައްޔަން ކުރައްވައިފިއެވެ.
އެންއައިސީގެ ހަތަރު މެންބަރުންގެ މަގާމު ހުސްވެފައި ވަނީ އެކޮމިޝަންގެ ރައީސް ކަމުގެ މަގާމްގައި ހުންނެވި، އަޙްމަދު ސުލައިމާން އެ ކޮމިޝަނުން ވަކި ކުރުމާއި އަދި އެ ކޮމިޝަންގެ އިތުރު ތިން މެންބަރަކު އަމިއްލައަށް އެ ކޮމިޝަނުން އިސްތިޢުފާ ދެއްވުމާއި ގުޅިގެންނެވެ.
އެންއައިސީއަށް އައްޔަން ކޮށްފައިވަނީ ވަނީ ގާސިމްގެ އިތުރުން އާމިނަތު ޝާދިޔާ އާއި އާމިނަތު ޝިއުނާ އާއި ޝުއައިބު އަބްދުއްރަހުމާން އެވެ.
އެންއައިސީ މި ހަތަރު ބޭފުޅުން އޮކްޓޫބަރު 26 ވަނަ ދުވަހު އައްޔަނުކޮށްފައިވާއިރު އެފަރާތްތަކަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފައިވަނީ އޮކްޓޫބަރު 19 ވަނަ ދުވަހުއެވެ.
އެންއައިސީއަކީ އަމިއްލަ ނަމުގައި ދަޢުވާ ކުރުމާއި ދަޢުވާ ލިބިގަތުމުގެ ބާރު ލިބިފައިވާ، އަމިއްލަ ނަމުގައި މުޢާމަލާތުކުރުމުގެ ހައިޘިއްޔަތު ލިބިފައިވާ އަދި ވަކި ސިއްކައެއް އޮންނަ މިނިވަން ޤާނޫނީ ޝަޚްޞެކެވެ. އެ ކޮމިޝަންގެ މަސްއޫލިއްޔަތުގެ ތެރޭގައި ފުލުހުންނާ ގުޅޭ މައްސަލަތައް ތަހުގީގުކޮށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުން ހިމެނެ އެވެ. ޕޮލިސް އިންޓެގްރިޓީ ކޮމިޝަންގެ ނަމުގައި 2008 ވަނަ އަހަރު އުފެއްދި އެ ކޮމިޝަން، ނެޝަނަލް އިންޓެގްރިޓީ ކޮމިޝަންގެ ނަމަށް ބަދަލުކޮށްފައިވަނީ 2016 ވަނަ އަހަރު އެވެ. މީގެއިތުރުން ކަސްޓަމްސް އާއި އިމިގްރޭޝަނާއި ކަރެކްޝަނަލް ސާވިސްގެ މައްސަލަތައް ބެލުމުގެ ޒިންމާ ހަވާލުކޮށްފައި އޮންނަނީ ވެސް އެންއައިސީއާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ